Roadha Mihaaru
"އެޓާނަލްސް" އަންނަ މަހު ޑިޒްނީ ޕްލަސް އަށް

"އެޓާނަލްސް" އަންނަ މަހު ޑިޒްނީ ޕްލަސް އަށް

12 ޑިސެމްބަރ 2021

މިދިޔަ މަހު ރިލީޒްކުރި ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" އަންނަ މަހު ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ސުޕަހީރޯ ފިލްމު "އެޓާނަލްސް" އަންނަ މަހު ޑިޒްނީ ޕްލަސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސްގެ މި ފިލްމު ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 12 ގަ އެވެ.

މި ފަހުން ވަރަށް ގިނަ ފިލްމުތައް ރިލީޒް ކުރާތާ މާ ގިނަ ދުވަހެއް ނުވެ، ސްޓްރީމިން ޕްލެޓްފޯމްތަކުން ބަލަން ލިބުމަކީ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ލިބިފައި އޮތް ވަރަށް ފަސޭހަ ގޮތެކެވެ. ވަކިން ހާއްސަކޮށް މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ސިނަމާތަކުގެ ވިޔަފާރި ހުއްޓި، ބާރުބޮޑުވީ ސްޓްރީމިން ހިދުމަތަށެވެ. އެގޮތުން މި އަހަރުން ފެށިގެން މިހާތަނަށް ވަރަށް ގިނަ ފިލްމުތައް ސިނަމާތަކުގައި ނާޅުވައި ސީދާ ޑިޖިޓަލްކޮށް ޕްރީމިއާ ކޮށްފައިވެ އެވެ.

"އެޓާނަލްސް" އަކީ މިދިޔަ މަހުގެ 5 ގައި ސިނަމާތަކުގައި އެޅުވި ފިލްމެކެވެ. އޮސްކާ އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ކްލޯއީ ޒާއޯ ޑައިރެކްޓްކުރި އެ ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުހައި 386.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

އޭ-ލިސްޓް ތަރިންތަކެއް ހިމެނުނު "އެޓާނަލްސް" ގެ ކާސްޓްގައި ރިޗަޑް މެޑެން، ސަލްމާ ހަޔޭކް، ކުމައިލް ނިއަންޖާނީ، ކިޓް ހެރިންޓަން، ޑޮން ލީ އަދި ބްރަޔަން ޓައިރީ ހެންރީ ފަދަ ތަރިން ހިމެނެ އެވެ.