27 އެޕްރީލް 2019
ބޮކްސް އޮފީހުގައި މިހާރު ވެސް އާ ރެެކޯޑްތަކެއް ހަދަން ފަށާފައިވާ ޑިޒްނީ އާއި މާވެލްގެ ސުޕަހީރޯ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ލީކްވެއްޖެ އެވެ.
ބޮކްސް އޮފީހުގައި މިހާރު ވެސް އާ ރެެކޯޑްތަކެއް ހަދަން ފަށާފައިވާ ޑިޒްނީ އާއި މާވެލްގެ ސުޕަހީރޯ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ލީކްވެއްޖެ އެވެ.
ފިލްމު ރިލީޒް ކުރިތަނާހެން މީގެ ވަގު ކޮޕީތައް ދައުރުވާން ފެށުމުން ޑިޒްނީ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްގަ އެވެ. ފިލްމީ ހަބަރުތައް ދިރާސާކުރާ މީހުން ބުނާ ގޮތުގައި ގިނަ ބަޔަކު އެ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން ދިޔަ "އެންޑްގޭމް" ލީކްވުމަކީ މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމެކެވެ.
"މިއީ ހަގީގަތުގައި ފިލްމަށް މާލީ ގޮތުން ކުރުމަތިވާނެ ގެއްލުން އަންދާޒާ ވެސް ނުކުރޭ ވަރުގެ ކަމަކަށް ވާނެ. ފިލްމު ރިލީޒް ކުރިތާ ސައްވީސް ގަޑިއިރު ވެސް ނުވަނީ އެންޑްގޭމްގެ ޕައިރޭޓެޑް ކޮޕީތައް ދައުރުވާން ފެށުމަކީ ވަރަށް ވެސް ބޮޑު ގެއްލުމަށް ވާނެ،" ބޮކްސްއޮފީ.ކޮމްގެ ޗީފް އެނަލިސްޓް ޝޯން ރޮބިންސް ބުންޏެވެ. "މިއިން ވާން ގެއްލުން އަންދާޒާ ކުރަން ވެސް ދަތި."
އޭނާ ބުނި ގޮތުގައި "އެންޑްގޭމް" ކަހަލަ ފިލްމެއް ބޮޑު ސްކްރީނުގައި ބަލާލައިގެން ނޫނީ އެ ފިލްމުގެ ހަގީގީ ފުރިހަމަ ކަމެއް ބެލުންތެރިންނަށް ވަގު ކޮޕީއަކުން ތަޖުރިބާއެއް ނުކުރެވޭނެ އެވެ. އެހެންވެ ވަގު ކޮޕީތަކަށް ނޫނެކޭ ބުނެ، ތިއޭޓަރުތަކަށް ގޮސް ފިލްމު ބަލަން އެދޭ ކަމަށް އޭނާ ބުންޏެވެ.
މާވެލްގެ ސުޕަހީރޯ ބައިގަނޑު އެއްކޮށް ފެންނަ "އެވެންޖާޒް" ސީރީޒްގެ ފަހު ފިލްމު "އެންޑްގޭމް" ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް ކާމިޔާބުކަމާ އެކު ދައްކަމުން އަންނަ އިރު، ފިލްމަށް ލިބެމުން އަންނަ ތަރުހީބު ވެސް ވަރަށް ވެސް ބޮޑެވެ. އެކަމަކު ފިލްމު ލީކްވުމުން ވިޔަފާރި އަށް ކުރިން އަންދާޒާ ނުކުރާ ވަރުގެ ގެއްލުމެއް ކުރިމަތިވާނެ އެވެ. އެގޮތުން ޓިކެޓގެ ވިޔަފާރި އަށް ސޮއްސައިލުމެއް އަންނާނެ އެވެ.
މި ފިލްމަކީ މިހާރު ވެސް އުތުރު އެމެރިކާގައި ހަފުތާ ބަންދުގައި ރެކޯޑް އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ.
ދެބޭން ކަމަށްވާ އެންތަނީ އާއި ޖޯއީ ރުޒޯ ޑައިރެކްޓްކޮށްފައިވާ "އެވެންޖާޒް: އެންޑްގޭމް" އަކީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ފިލްމު ރިލީޒް ކުރިތާ ދެ ދުވަހުގެ ތެރޭގައި ފިލްމު ލިބުނު އާމްދަނީ މިހާރު ވެސް ވަނީ 300 މިލިއަން ޑޮލަރު ފަހަނައަޅައިފަ އެވެ.
ކްރިޓިކުންނާއި ފިލްމު ބެލި މީހުން ވެސް "އެންޑްގޭމް" އަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުން އަންނަ އިރު ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "އެވެންޖާޒް" ގެ ނިންމައިލާ ފިލްމު ވަރަށް ވެސް ޝައުގުވެރިވެފައި ފުރިހަމަ އެވެ. އަދި މިއީ ކުރިން އުންމީދު ނުކުރާ ވަރުގެ ފިލްމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.
"އެވެޓާ 2" އާ އެކު "އެންޑްގޭމް" ފަހަތަށް ޖައްސާލެވޭނެ: ކެމެރޮން
"އެވެންޖާޒް: އެންޑްގޭމް" އަށް ކެމެރެން މަރުހަބާ ކިޔައިފި
އާމްދަނީ ރޭހުގެ ކުރި "އެވެންޖާޒް: އެންޑްގޭމް" އަށް
"އެވެންޖާޒް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ
އެންމެ އަވަހަށް ދެ ބިލިއަން ހޯދީ "އެވެންޖާޒް: އެންޑްގޭމް"
"އެވެންޖާޒް: އިންޑްގޭމް" ގެ ޕޯސްޓަރަށް އިސްލާހެއް
"ކެޕްޓަން މާވެލް" އަށް އާމްދަނީގެ ރެކޯޑެއް
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް