Roadha Mihaaru
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ޕްރިކްއެލް ސީރީޒެއް

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ޕްރިކްއެލް ސީރީޒެއް ޑިޒްނީ ޕްލަަސް އަށް

09 މާޗް 2020

މީގެ ތިން އަހަރު ކުރިން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ފަހު، މީގެ ޕްރިކްއެލް ސީރީޒެއް ހަދަން ޑިޒްނީން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރު ކުރިން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ޑިޒްނީގެ ލައިވް-އެކްޝަން ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ފަހު، މީގެ ޕްރިކްއެލް ސީރީޒެއް ހަދަން ޑިޒްނީން ނިންމައިފި އެވެ.

އެ ސްޓޫޑިއޯގެ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް އަށް ހަދާ ސީރީޒަށް އަދި ރަސްމީކޮށް ނަމެއް ދީފައި ނުވާ އިރު، މީގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ،. ވެރައިޓީން ބުނިގޮތުގައި "ބިއުޓީ އެންޑް ދަ ބީސްޓް" ގެ ފިލްމުގައި ދައްކުވައިދިން ހާދިސާތަކުގެ ކުރިން ހިނގާ ކަންތައްތަކެއްގެ ބިނާކޮށް ހަދާ ސީރީޒްގެ ސްކްރީންޕްލޭ ލިޔަނީ އެޑީ ކިޓްސިސް އާއި އެޑަމް ހޮރޮވިޒެވެ. ފިލްމާ އެއްގޮތަށް ސީރީޒް ވެސް މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދޭން އަމާޒު ހިފާފައިވާ އިރު، ފިލްމުގައި ރޯލްތަކެއް ކުޅުނު އެކްޓަރުންތަކެއް ވެސް ސީރީޒުން ފެންނާނެ އެވެ. އޭގެ ތެރޭގައި ގެސްޓަންގެ ކެރެކްޓާ ކުޅުނު ލޫކް އިވަންސާއި ލިފޯގެ ކެރެކްޓާ ކުޅުނު ޖޯޝް ގެޑް ހިމެނެ އެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ސީރީޒަށް ތައްޔާރީތައްވަމުން ދިޔަ ނަމަވެސް އެ ޑައިރެކްޓްކުރާނެ މީހަކާއި ސީރީޒްގެ މައިގަނޑު ރޯލްތައް ކުޅޭނެ ތަރިން އަދި އިއުލާނެއްނުކުރެ އެވެ. އަދި ބެލުންތެރިންނަށް ސީރީޒް ގެނެސްދޭނެ އިރެއް ވެސް ޑިޒްނީން އިއުލާނެއްނުކުރެ އެވެ.

ބިލް ކޮންޑޮން ޑައިރެކްޓްކޮށް، އެމާ ވަޓްސަނާއި ޑޭން ސްޓީވެންސް ޓައިޓްލް ރޯލްތައް ކުޅުނު "ބިއުޓީ އެންޑް ދަ ބީސްޓް" އަކީ ބޮކްސް އޮފީހުގައި ޖުމްލަ 1.264 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހޭދަކުރީ ގާތްގަނޑަކަށް 255 މިލިއަން ޑޮލަރެވެ.