15 މާޗް 2023
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކޮށް، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން ކައުންސިލުން އިއްޔެ ފާސްކުރި ނިންމުމާ އެއްގޮތަށް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއަށް ހުޅުވާލާނެ ކަަމަށް ސެކްރެޓަރީޖެނެރަލް، މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކޮށް، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން ކައުންސިލުން އިއްޔެ ފާސްކުރި ނިންމުމާ އެއްގޮތަށް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއަށް ހުޅުވާލާނެ ކަަމަށް ސެކްރެޓަރީޖެނެރަލް، މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިއްޔެ ވަނީ ވަކިން އިންތިހާބުގައި ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
އަލީ އާރިފް "މިހާރު"އަށް ވިދާޅުވީ އެ ނިންމުމުގެ މައްޗަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީން ކަަމަށެވެ. ނިމިގެން ދިޔަ އެ ޕާޓީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ޕާޓީން އިންތިިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއަށް ހުޅުވާލަން ޖެހެ އެވެ.
"އަސާސީ ގަވާއިދުގައިވާ ގޮތަށް ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދާނެ،" ތާރީހެއް އަދި ނުނިންމާކަން ފާހަގަކުރައްވައި އަލީ އާރިފް ވިދާޅުވި އެވެ.
އިއްޔެ ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ކައުންސިލުން ނިންމީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރަން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމިއިރު، ދައުރު ނިމެންދެން ވެސް ސަރުކާރާ އެކު ކޯލިޝަންގައި ޖޭޕީ ދެމިއޮންނާނީތޯ އެހުމުން އަލީ އާރިފް ވިދާޅުވީ "ވަކިވާން އިއްޔެ ނިންމާފައި ނެތް" ކަަމަށެވެ. ޖޭޕީގެ ކޮމިޓްމަންްޓް މި ދައުރު ނިމެންދެން އޮންނާނެ ކަން ގާސިމް ފާހަގަކުރެއްވި ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީން ފުލްފިލްކުރަން ޖެހޭ ކަންކަން ކޯލިޝަންގައި އޮވެ މިހާތަނަށް ވެސް ކުރަމުން އައީ. އެހެން ދިމަދިމާލުން ކުރަން ޖެހޭ ކަންކަން ނުވެ ހުރީ،" އޭނާ ވިދާޅުވި އެވެ.
މި ވެރިކަން އެކުލަވާލީ، ކެބިނެޓާއި ސަރުކާރުގެ މަގާމްތަކުން ޖުމްހޫރީ ޕާޓީއަށް ވެސް ވަކި ޕަސެންޓެއް ކަނޑައަޅައިގެންނެވެ. އެކަމަކު އެގޮތަށް ކަންކަން ނުދާތީ ގާސިމް ވަނީ އެކި ފަހަރުމަތިން ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.
ވައުދުވި ގޮތަށް ކަންކަން ނުދާ ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި އަލީ އާރިފް ދެއްކެވީ މި ސަރުކާރުުގައި އެމްޑީޕީގެ 90 ޕަސެންޓް ހިއްސާ އޮތް ކަަމަށް ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ވާހަކަފުޅެވެ. މާނައަކީ މަގާމްތައް ކަނޑައެޅުމުގައި އެހެން ޕާޓީތަކަށް ވައުދުވި މިންވަރަށް ކަންކަން ނުވެ އޮތުމެވެ.
އަލީ އާރިފް ދެކެވަޑައިގަންނަވާ ގޮތުގައި އިއްޔެގެ ނިންމުމަކީ އެމްޑީޕީއާ އެކު ރިޔާސީ އިންތިހާބުގައި ކުރިއަށްދާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތުގެ "ޖަވާބެކެ"ވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ކައުންސިލްގައި އިއްޔެ ވަކިން މަޝްވަރާ ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީއަށް ފަހު މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ޖޭޕީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ނުކުންނަވަ އެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައި ވަނިކޮށް އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ޕާޓީތައް އިއްތިހާދުވެ ފުރަތަމަ ބުރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިންތިހާބުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އިއްތިފާގުން އެ ޕާޓީ ވާދަކުރަން ނިންމިއަސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ގާސިމް މިހާތަނަށް އިއުލާންކުރައްވައިފައެއް ނުވެ އެވެ.
ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަނުކޮށްފި
އަލީ އާރިފް ޖޭޕީގެ އެސްޖީކަމުން އިސްތިއުފާ ދެއްވައިފި
ދެވަނަ ބުރުގެ ކޯލިޝަން: ޖޭޕީން މިއަދު ގޮތެއް ނިންމަނީ
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް
ޔާމީނަށް އިންސާފު ހޯދައިދޭން ގާސިމް ގޮވާލައްވައިފި