17 ސެޕްޓެމްބަރ 2023
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަނުކޮށްފި އެވެ.
ޖޭޕީގެ އެސްޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ އާރިފް އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.
އޮކްޓޫބަރު 23، 2019 ގައި ޖޭޕީގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަންކުރި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ޕާޓީގެ ބައެއް މެމްބަރުން ގާތު ވިދާޅުވެފައިވާ ކަން ޕާޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު އެކަން ރަސްމީކޮށް އެންގި ކަމެއް އެނގިފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި، އަލީ އާރިފް އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވިކަން ޕާޓީގެ މެމްބަރުންގެ ގާތު ވިދާޅުވުމާ ގުޅިގެން، އަޒްލީން އެ މަގާމަށް އައްޔަނުކުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެންގެވުމުގެ މަތިންނެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން އިއްޔެ ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އެކަމަކު އޮގަސްޓް 2019 ގައި ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއާ ގުޅިވަޑައިގެންނެވި ފަހުން މުއިއްޒާ މާ ބޮޑު ގުޅުމެއް ނުބާއްވާ ކަމަށް އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
އަލީ އާރިފް ޖޭޕީގެ އެސްޖީކަމުން އިސްތިއުފާ ދެއްވައިފި
"ރައްޔިތުންގެ އަމިއްލަ ލާރީގައި ވެސް ގާސިމް ހޮވާނެ"
ރިޔާސީ ކެންޑިޑޭޓް ހޮވަން ޕްރައިމަރީ ބާއްވާނެ: ޖޭޕީ
ޔާމީން ޖަލަށް ލުމަކީ ވައުދެއް، ގާސިމާ ގުޅުމެއް ނެތް!
އަލީ އާރިފަށް ނާޒިމްގެ އަނބިކަނބަލުންގެ ރައްދެއް
ނާޒިމް ދުރަށް ދިޔައީ ޓިކެޓް ނުލިބިދާނެތީ: ޖޭޕީ
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް އަލީ އާރިފް
ގާސިމް ވަނީ ގަވައިދާ ޚިލާފުވެފައި: އަޒްލީން
ގާސިމާ މެދު ނުބައި ނިޔަތެއް ނެތްކަން ސާފު: އަޒްލީން
ޖޭޕީގެ ކައުންސިލް މެމްބަރުން އަޒްލީނާ ބައްދަލުކޮށްފި