16 ސެޕްޓެމްބަރ 2023
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޮކްޓޫބަރު 23، 2019 ގައި ޖޭޕީގެ އިދާރީ އެންމެ އިސް މަގާމަށް އައްޔަންކުރި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ޕާޓީގެ އިސް އޮފިޝަލަކު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
"މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމަށް ފަހު އަލީ އާރިފް ވަނީ ޕާޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމާ ހަވާލުކުރަން ކާނިވަލުގައި ކުރިން ބޭއްވި ޖަލްސާ ނިންމާލުމަށް ފަހު، އެ ޕާޓީގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް އަލި އާރިފް ގާސިމާ ވާހަކަ ދައްކާލަނީ: އަލީ އާރިފް މިއަދު ވަނީ އެ މަގާމު ދޫކޮށްލައްވާފައި.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު އޭނާ އަދި ޖޭޕީން ވަކިނުވާ ކަމަށް ވެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން މިއަދު ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އެކަމަކު އޮގަސްޓް 2019 ގައި ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއާ ގުޅިވަޑައިގެންނެވި ފަހުން މުއިއްޒާ މާ ބޮޑު ގުޅުމެއް ނުބާއްވާ ކަމަށް އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ޖޭޕީގެ އެސްޖީގެ މަގާމަށް އަޒްލީން އައްޔަނުކޮށްފި
ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމުން ގާސިމް ގާތަށް
"ކޯލިޝަން މަޝްވަރާއަށް ޔާމީންގެ ރުހުން ވަނީ ލިބިފައި"
"ރައްޔިތުންގެ އަމިއްލަ ލާރީގައި ވެސް ގާސިމް ހޮވާނެ"
ރިޔާސީ ކެންޑިޑޭޓް ހޮވަން ޕްރައިމަރީ ބާއްވާނެ: ޖޭޕީ
ޔާމީން ޖަލަށް ލުމަކީ ވައުދެއް، ގާސިމާ ގުޅުމެއް ނެތް!
އަލީ އާރިފަށް ނާޒިމްގެ އަނބިކަނބަލުންގެ ރައްދެއް
ނާޒިމް ދުރަށް ދިޔައީ ޓިކެޓް ނުލިބިދާނެތީ: ޖޭޕީ
ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް އަލީ އާރިފް