19 ޖެނުއަރީ 2017
އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު މަގާމުގެ ހުވާކުރައްވާއިރު އޭނާ އަކީ މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު ވެސް އެޕްރޫވަލް ރޭޓިން އެންމެ ދަށް ރައީސް ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު މަގާމުގެ ހުވާކުރައްވާއިރު އޭނާ އަކީ މަގާމާ ހަވާލުވެ ވަޑައިގަންނަވާއިރު ވެސް އެޕްރޫވަލް ރޭޓިން އެންމެ ދަށް ރައީސް ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
ސީއެންއެން އާއި އޯއާރްސީގެ ވޯޓުން ދައްކަނީ އިންތިހާބު ކާމިޔާބުކުރެއްވި އިރު އޮތް މަގުބޫލުކަން ވެސް ޓްރަމްޕަށް މިހާރު ނެތް ކަމަށެވެ. ވެރިކަމުގެ ބާރުތަކާ ހަވާލުވުމުގެ އިންތިގާލީ މަރުހަލާ ނިމުނުއިރު ޓްރަމްޕްގެ އެޕްރޫވަލް ރޭޓިން މިހާރު ހުރީ 40 ޕަސެންޓުގަ އެވެ. މިއީ 2009 ވަނަ އަހަރު ކަޅު ނަސްލުގެ ފުރަތަމަ ރައީސްގެ ގޮތުގައި ބަރަކް އޮބާމާ ވެރިކަމާ ހަވާލުވެ ވަޑައިގެންއިރު ހުރި ވަރަށް ވަރަށް ވުރެ 44 ޕޮއިންޓް ދަށް މިންވަރެކެވެ.
އެމެރިކާގައި އެންމެ ފަހުން ވެރިކަން ކުރެއްވި ބޭފުޅުންނަށް ބަލާއިރު ޓްރަޕަށް ތާއީދު އޮތް ކަމަށް ދައްކާ މިންވަރު ވަރަށް ދަށެވެ. ބިލް ކްލިންޓަން ވެރިކަމާ ހަވާލުވެ ވަޑައިގެން އިރު އެޕްރޫވަލް ރޭޓިން ހުރީ 67 ޕަސެންޓުގަ އެވެ. ކްލިނަޓަކަށް ފަހު ވަޑައިގެންނެވި ޖޯޖް ޑަބްލިޔު ބުޝްއަށް ކާމިޔާބު ލިބުނު އިންތިހާބުގައި މަކަރު ހެދި ކަމަށް ތުހުމަތުކޮށް، އެންމެ ފަހުން ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ހިސާބަށް ދިޔަ ނަމަވެސް އެޕްރޫވަލް ރޭޓިން އަކީ 61 ޕަސެންޓެވެ.
ސީއެންއެން އިން ބުނީ ޓްރަމްޕުގެ މަގުބޫލުކަން މިހާ ބޮޑަށް ދަށަށް ދިޔައީ އިންތިގާލީ މަރުހަލާގައި ޓްރަމްޕުގެ ޓީމުން އަމަލުކުރި ގޮތުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ހިޔާލު ހޯދުމުގެ ސުވާލުތަކަށް ޖަވާބު ދިން މީހުންގެ ތެރެއިން 53 ޕަސެންޓް މީހުން ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޓްރަމްޕް އެކި ކަންކަމާ ގުޅިގެން ވާހަކަ ދެއްކެވި ގޮތުން އިތުބާރު ކުޑަވެ ގާބިލްކަމާ މެދު ވެސް ޝައްކުތައް އިތުރުވެފައިވާ ކަމަށެވެ.
ޓްރަމްޕަކީ ރަނގަޅު ވެރިޔަކަށް ވާނެ މަށް ބުނާ މީހުންނާއި އެގޮތަށް ގަބޫލު ނުކުރާ މީހުންގެ ނިސްބަތް ހަމަހަމަ އެވެ. މިއިން ކޮންމެ ކޮޅަކަށް 48 ޕަސެންޓް މީހުން ވޯޓު ދީފައިވެ އެވެ.
ވޮޝިންޓަން ޕޯސްޓާއި އޭބީސީ ނިއުސްގެ ވޯޓުން ވެސް ދައްކަނީ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާއިރު މަގުބޫލުކަން އެންމެ ދަށް ބޭފުޅަކީ ޓްރަމްޕް ކަމަށެވެ. އެކަމަކު އެ ވޯޓުން ދައްކަނީ ޓްރަމްޕުގެ ވެރިކަމުގައި ވެސް ކަންތައްތައް ރަނގަޅުވާނެ ކަމަށް ގިނަ މީހުން އުންމީދުކުރާ ކަމަށެވެ.
މި ވޯޓުތަކުގެ ނަތީޖާއަށް ޓްރަމްޕް ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ވޯޓުތައް ނެގި މީހުންނަކީ ޓްރަމްޕަށް އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ބުނެ، އިންތިހާބާ ގުޅޭ ގޮތުން ވެސް ހަގީގަތެއް ނެތް ވޯޓުތައް ނެގި މީހުން ކަމަށެވެ.
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
އޮބާމާ އާއި ޓްރަމްޕްގެ މައްސަލަ ބެލި ގާޒީ ރާއްޖޭގައި
ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް
ޓްރަމްޕުގެ ފޯނު އަޑުއެހިކަމުގެ ހެއްކެއް ފެންނާކަށް ނެތް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
އޮބާމާގެ މައްޗަށް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!
އެމްބަސީ ގުދުސަށް ބަދަލު ކޮށްފިއްޔާ މުޅި ތަން ގޮވާނެ
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ