15 ޖޫން 2022
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޑޮނަލްޑް ޓްރަމްޕާ ގުޅޭ ދެ މައްސަލައެއް ނިންމެވި ފަނޑިޔާރު ރާއްޖެ ވަޑައިގެން، ފަނޑިޔާރުންނަށް ތަމްރީން ޕްރޮގްރާމް ހިންގަވަން ފައްޓަވައިފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޑޮނަލްޑް ޓްރަމްޕާ ގުޅޭ ދެ މައްސަލައެއް ނިންމެވި ފަނޑިޔާރު ރާއްޖެ ވަޑައިގެން، ފަނޑިޔާރުންނަށް ތަމްރީން ޕްރޮގްރާމް ހިންގަވަން ފައްޓަވައިފި އެވެ.
އެމެރިކާގެ ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޑޭވިޑް އޯ ކާޓާ އަކީ ފަހުގެ ތާރީޚުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ އޮބާމާ އާއި ޓްރަމްޕާ ގުޅޭ ދެ މައްސަލަ ބެއްލެވި ފަނޑިޔާރެކެވެ. އޭނާ ރާއްޖެ ވަޑައިގަތީ ޖިނާއީ މައްސަލަތަކުގައި ހެއްކާބެހޭ ގޮތުން ޝަރުއީ ދާއިރާއިން ބާއްވާ ވޯކްޝޮޕެއް ހިންގެވުމަށެވެ. އެ ވޯކްޝޮޕް ހިންގަނީ އެމެރިކާ އެމްބަސީއާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސަކާ ގުޅޭގޮތުން ކާޓާ ފުރަތަމަ ބެއްލެވީ އޮބާމާއަކީ އެމެރިކާއަށް އުފަންވި ބޭފުޅެއް ނޫން ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން 2009 ވަނަ އަހަރު މީހަކު ހުށަހެޅި މައްސަލަ އެވެ.
ކާޓާ ނިންމެވީ ރައީސަކު މަގާމުން ވަކި ދުރުކުރުމަކީ ކޮންގްރެސްއަށް އޮންނަ ބާރެއް ކަމަށާއި އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަހަރު ކުރީކޮޅު ކާޓާ ނިންމެވީ ކުރީގެ ރައީސް ޓްރަމްޕާ ގުޅޭގޮތުން އެމެރިކާގެ ކޮންގްރެސްއިން ހިންގާ ތަހުގީގާ ގުޅޭ މައްސަލަ އެކެވެ. ގާނޫނު ހަދާ މަޖިލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި ޓްރަމްޕާ ދެކޮޅަށް ހިންގާ ތަހުގީގުގައި ބައެއް މައުލޫމާތު ދޭން ޓްރަމްޕްގެ ވަކީލް ޖޯން އީސްޓްމޭނަށް ކޮންގްރެސްއިން އެންގި އެވެ.
ޓްރަމްޕްގެ ވަކީލްގެ ދައުވާކުރީ ވަކީލާއި މުވައްކިލުންނާ ދެމެދު ހިންގާ މުއާމަލާތްތައް ހާމަކުރަން ނުޖެހޭނެ ކަމަށް ބުނެ އެވެ. ފަނޑިޔާރު ކާޓާ އަމުރުކުރީ އެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ. އެ ނިންމެވުމުގައި ކާޓާ ވިދާޅުވެފައިވަނީ ކޮންގްރެސްގެ ތަހުގީގަށް ޓްރަމްޕް ހުރަސް އަޅުއްވަން ޓްރަމްޕް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަނީ
ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް
އޮޅުންބޮޅުން: އެމެރިކާގެ ވާހަކަ
ޓްރަމްޕުގެ ފޯނު އަޑުއެހިކަމުގެ ހެއްކެއް ފެންނާކަށް ނެތް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
އޮބާމާގެ މައްޗަށް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި
ގޯހެއް ވެއްޖެ ނަމަ ޒިންމާ ނަގަން ޖެހޭނީ ފަނޑިޔާރު: ޓްރަމްޕް
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!
މަގުބޫލުކަން އެންމެ ދަށް ރައީސަކީ ޓްރަމްޕް