Roadha Mihaaru
ގޯހެއް ވެއްޖެ ނަމަ ޒިންމާ ނަގަން ޖެހޭނީ ފަނޑިޔާރު: ޓްރަމްޕް

ގޯހުން ކަމެއް ހިނގައްޖެ ނަމަ ޒިންމާ ނަގަން ޖެހޭނީ ފަނޑިޔާރު: ޓްރަމްޕް

06 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 6) - ގައުމު މިފަދަ ނުރައްކާތެރި ހާލަތަކަށް ފަނޑިޔާރަކު ވައްޓާލާނެ ކަމަށް ގަބޫލް ވެސް ނުކުރެވޭ ކަމަށާއި ގޯހުން ކަމެއް ހިނގައްޖެ ނަމަ އެކަމުގެ ޒިންމާ ފަނޑިޔާރު އުފުލަން ޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 6) - ގައުމު މިފަދަ ނުރައްކާތެރި ހާލަތަކަށް ފަނޑިޔާރަކު ވައްޓާލާނެ ކަމަށް ގަބޫލް ވެސް ނުކުރެވޭ ކަމަށާއި ގޯހުން ކަމެއް ހިނގައްޖެ ނަމަ އެކަމުގެ ޒިންމާ ފަނޑިޔާރު އުފުލަން ޖެހޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕުގެ ފާޑު ކިޔުން އަމާޒު ކުރައްވާފައި ވަނީ ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވި ވޮޝިންޓަނުގެ ޑިސްޓްރިކްޓް ފަނޑިޔާރު ޖޭމްސް ރޮބާޓަށެވެ.

ހަފުތާ ބަންދު ފްލޮރިޑާގެ ރިސޯޓުގައި ހޭދަކުރެއްވި ޓްރަމްޕް ވަނީ ފަނޑިޔާރަށް ފާޑު ވިދާޅުވެ ސިލްސިލާ ޓްވީޓްތަކެއް ކުރައްވައިފަ އެވެ. އެއް ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ ނުރައްކަލަކަށް ވެއްޓިއްޖެ ނަމަ ލިބޭނެ ގެއްލުމުގެ ޒިންމާއާ ފަނޑިޔާރު ހަވާލުވެއްޖެ ކަމަށެވެ. އަދި ކޯޓުތަކުން ކަންކަން އުނދަގޫ ކުރާ ކަމަށް ވިދާޅުވެ ބޯޑަރު ރަނގަޅަށް ޗެކް ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ އަށް އަންގަވާފައިވާ ކަމަށް ވިދާޅުވެ އެހެން ޓްވީޓެއް ވަނީ ކުރައްވައިފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އެއާފޯސް ވަންގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕް އެއާފޯސް ވަންގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ އޭނާގެ ނަމަށް ނިސްބަތްވާ ޔުނިވާސިޓީއާ ގުޅޭ ގޮތުން ހުކުމް ކުރި ފަނޑިޔާރަކަށް ބަހުގެ ހަމަލާ ދެއްވައިފަ އެވެ.

ފަނޑިޔާރުންނަށް ރައްދުވާ ގޮތަށް ޓްރަމްޕް ކުރައްވާ ޓްވީޓްތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެއް އޮފިޝަލަކު ބުނީ ގައުމުގެ ރައީސް ފަނޑިޔާރުންނަށް ބަހުގެ ހަމަލާ ދިނުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވީ ފަނޑިޔާރުންނަށް ބަހުގެ ހަމަލާ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.