06 ނޮވެމްބަރ 2022
ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެ، ވާދަވެރި ދެ ޕާޓީގެ އިސް ވެރިން، ޕެންސެލްވޭނިއާގައި އިއްޔެ ވަރުގަދަ ކެމްޕޭނެއް ކުރައްވައިފި އެވެ.
ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވެ، ވާދަވެރި ދެ ޕާޓީގެ އިސް ވެރިން، ޕެންސެލްވޭނިއާގައި އިއްޔެ ވަރުގަދަ ކެމްޕޭނެއް ކުރައްވައިފި އެވެ.
ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ގާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށާއި ޕެންސެލްވީނިއާގެ ގަވަރުނަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ރައީސް ޖޯ ބައިޑެން އާއި ކުރީގެ ރައީސް ބަރަކް އޮބާމާ ރޭ ކެމްޕޭން ކުރެއްވި އެވެ. އަދި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި އެއްވުމުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބައިވެރިވެވަޑައިގަތެވެ.
ނޮވެމްބަރު 5، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އަށް ވާދަ ކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯން ފެޓާމަން އަށް ތާއީދު ހޯދުމަށް ޕެންސެލްވީނިއާގައި ބޭޢްވި އެއްގުމުގައި، ރައީސް ޖޯ ބައިޑެން ތަގުރީރު ކުރައްވަނީ. --އޭއެފްޕީ
މިފަހަރުގެ އިންތިޚާބުގައި އެންމެ ވާދަވެރިކަމެއް އޮތީ ޕެންސެލްވީނިއާ އިން ސެނެޓްގެ ގޮނޑި އަށް ވާދަކުރައްވާ، ޑިމޮކްރެޓިކް ޕާޓީގެ ޖޯން ފެޓާމަން އާއި ރިޕަބްލިކަން ޕާތީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު އޯޒްއާ ދެމެދުގަ އެވެ.
މި އިންތިޚާބާ ބެހޭ ގޮތުން މިހާތަނަށް ނެގި ޚިޔާލު ހޯދުމުގެ ހުރިހާ ވޯޓުތަކުން ދައްކާ ގޮތުގައިވެސް، ސެނެޓްގެ ހުރިހާ ގޮނޑިތަކަށް ވެސް، ދެ ޕާޓީގެ ކެންޑިޑޭޓުންގެ މަގުބޫލުކަން ހުރީ ދާދި ހަމަހަމަ ގޮތެއްގަ އެވެ. އެހެންކަމުން، އެ ގޮނޑިތައް ކާމިޔާބު ކުރައްވާނީ ވަކި ކެންޑިޑޭޓެއް ކަމަށް ލަފާކޮށް ބުނަން އުނދަގުލެވެ.
ނޮވެމްބަރު 5، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އަށް ވާދަ ކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯން ފެޓާމަން އަށް ތާއީދު ހޯދުމަށް ޕެންސެލްވީނިއާގައި ބޭޢްވި އެއްގުމުގައި، ކުރީގެ ރައީސް ބަރަކް އޮބާމާ ތަގުރީރު ކުރައްވަނީ. --އޭއެފްޕީ
"ރައްޔިތުންނޭ، ތިން ދުވަސް. އަހަރެމެންގެ ޙަޔާތުގައި ބާއްވާ އެންމެ މުހިންމު އިންތިޚާބާ ހަމައަށް ދެން އޮތީ އެންމެ ތިން ދުވަސް. ކުރިއަށް އޮތް އަހަރުތަކަށް އަހަރެމެންގެ ގައުމު ބައްޓަންވެގެންދާނީ، މި އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން. އެ ނަތީޖާ ވަކި ގޮތަކަށް ބައްޓަންކުރުމުގެ ބާރު އޮތީ ތިޔަ ރައްޔިތުންގެ އަތްމަތީގައި." ޕެންސެލްވީނިއާގައި އިއްޔެ އޮތް އެއްވުމުގައި ރައީސް ބައިޑެން ވިދާޅުވި އެވެ.
"މިއީ އިޚްތިޔާރެއް. މިއީ، އެމެރިކާގެ ވަރަށް ތަފާތު ދެ ތަޞައްވުރެއްގެ ތެރެއިން ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރު ކުރަންވީ ވަގުތު.
އިއްޔެ ބޭއްވި އެހެން އެއްވުމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ރިއާސީ އިންތިޚާބަށް އާންމުން ސަމާލުކަން ދޭ މިންވަރަށް ދައުރުގެ މެދުތެރޭން ބާއްވާ މި އިންތިޚާބަށް ސަމާލުކަމެއް ނުދެ އެވެ. އެހެން ނަމަވެސް، ގައުމުގެ ކުރިމަގު ކަނޑައެޅުމާއި އެމެރިކާގެ ޑިމޮކްރެސީ ހަރުދަނާ ކުރުން ވެސް އޮތީ، މި އިންތިހާބުގައި ރައްޔިތުން ބައިވެރިވެ ވޯޓު ދިން މިންވަރެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޮވެމްބަރު 5، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އަށް ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މުހައްމަދު އޯޒް ވާހަކަ ދައްކަވާއިރު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު (ވ) އޭނާގެ ވާހަކަ އަޑު އައްސަވަނީ. --އޭއެފްޕީ
ރިޕަބްލިކަން ޕާޓީގެ ފަރާތުން ޕެންސެލްވީނިއާގެ ކެންޑިޑޭޓެއްގެ ގޮތުގައި ސެނެޓަށް ވާދަކުރައްވާ މުހައްމަދު އޯޒް އަށް ތާއީދު ހޯދުމަށް ބޭއްވި އެއްވުމުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަ ދެއްކެވި ނަމަވެސް، އޭނާގެ ވާހަކަތައް ބިނާކުރެއްވީ ސަރުކާރަށް ފާޑުވިދާޅުވުމުގަ އެވެ. މުހައްމަދަށް ތާއީދު އިތުރުކުރުމުގެ ވާހަކަތަކަށް ވުރެ ބޮޑަށް، އޭނާގެ ވާހަކަތައް ހުރީ އަމިއްލަ ކެމްޕޭނަށް ކަމަށް ފާހަގަކުރެވުނެވެ.
އެމެރިކާ ރައްޔިތުން މިހާރު ތައްޔާރުވަމުން ދަނީ، ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުމަށެވެ. އެމެރިކާގެ ދައުލަތް ހިންގުމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ކޮންމެ ރިއާސީ ދައުރެއް ދެބައިވުމާ އެކު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހޯމަ ދުވަހާ ޖެހިގެން އަންނަ އަންގާރަ ދުވަހު، އާންމު އިންތިޚާބުގެ ވޯޓުލުން އޮންނާނެ އެވެ.
ނޮވެމްބަރު 5، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އަށް ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މުހައްމަދު އޯޒް އަށް ތާއީދު ހޯދުމަށް ޕެންސެލްވީނިއާގައި ބޭޢްވި އެއްގުމުގައި، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ތަގުރީރު ކުރައްވަނީ. --އޭއެފްޕީ
ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ދާދި ހަމަހަމަ ގޮތަކަށް ބެހިފައި އޮތް އިރު، 100 ގޮނޑީގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީ އަށް 50 ގޮނޑި ހަމަވަނީ، މިނިވަން ދެ މެމްބަރެއްގެ ތާއީދާ އެކުގަ އެވެ. ތިރިގޭގެ ޖުމްލަ 435 ގޮނޑީގެ ތެރެއިން 220 ގޮނޑިއާ އެކު، ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އަށް އަޣުލަބިއްޔަތު ލިބިފައިވާ އިރު، އިދިކޮޅު ރިޕަބްލިކަނުންނަށް 212 ގޮނޑި ލިބިފައިވެ އެވެ. އަދި ތިން ގޮނޑި މިހާރުވެސް ހުރީ ހުހަށެވެ.
ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ އެވެ.
އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިޚާބުކުރުން ވެސް އޮންނާނެ އެވެ.
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
އެމެރިކާގެ ޑިމޮކްރެސީ އޮތީ ނުރައްކަލުގެ ތެރޭގައި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
އަނެއްކާވެސް ޓްރަމްޕް/ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
ބައިޑެން ރިއާސީ އިންތިޚާބަށް ކެމްޕޭން ފައްޓަވައިފި
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް
ސެނެޓް ގެއްލުމުން ރިޕަބްލިކަން ޕާޓީގައި ކޯޅުން
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނޭނގޭ