Roadha Mihaaru
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް

ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް

17 ނޮވެމްބަރ 2022

ރިއާސީ ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުން، މި މަހުގެ 8 ވަނަ ދުވަހު އެމެރިކާގައި ބޭއްވައި، ނަތީޖާއަށް އިންތިޒާރުކުރަމުން އަންނަތާ ހަފުތާއެއް ފަހުން، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ އަޣުލަބިއްޔަތު، އިދިކޮޅު ރިޕަބްލިކަން ޕާޓީން ހޯދައިފި އެވެ.

ހައުސްގެ ޖުމްލަ 435 ގޮނޑީގެ ތެރެއިން، 218 ގޮނޑި އެ ޕާޓީ އަށް ކަށަވަރުވީ، މިހާތަނަށް ނަތީޖާ ސާފު ނުވެ ހުރި ދާއިރާތަކުގެ ތެރެއިން، ކެލިފޯނިއާގެ ގޮނޑި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ގާސިއާ އަށް ކާމިޔާބު ކުރެވުމުންނެވެ.

އެމެރިކާގައި 2019 ވަނަ އަހަރު އޮތް އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ހައުސްގެ 220 ގޮނޑި ކާމިޔާބުކޮށް ރިޕަބްލިކަނުންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި މިނިވަން ދެ މެންބަރުންގެ ތާއީދާއި ނައިބު ރައީސް ކަމަލާ ހެރިސްއާ އެކު، 51 ގޮނޑީގެ އަޣުލަބިއްޔަތަކުން ޑިމޮކްރެޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭ (ސެނެޓް)ގެ ކޮންޓްރޯލް ހޯދައިފަ އެވެ.

ނޮވެމްބަރ 15، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މިހާރުގެ މައިނޯރިޓީ ލީޑަރު، ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްކަމަށް އައްޔަންކުރުމަށް އެ ޕާޓީން ނިންމުމާ ގުޅިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ

މިފަހަރުގެ އިންތިޚާބުގައި، ހައުސްގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ 218 ގޮނޑި، ޑިމޮކްރޭޓުންނަށް ނުލިބޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސެނެޓްގެ އަޣުލަބިއްޔަތު މިފަހަރު ވެސް ހޯދީ ޑިމޮކްރެޓުންނެވެ.

ހައުސްގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީ އަށް ކަށަވަރުވުމާއެކު، އާ ގާނޫނު ހަދާ މަޖިލިސް ރަސްމީކޮށް މިއަންނަ މަހުގެ ކުރީކޮޅު ހިނގަން ފެށުމުން، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމަށް ހަމަޖެހިގެން ދާނީ، މިހާރުގެ މައިނޯރިޓީ ލީޑަރު، ކެވިން މެކާތީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރުމަށް ރިޕަބްލިކަން ޕާޓީން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމަށް އައްޔަންކުރަން ނިންމުމާ ގުޅިގެން ކެވިން ވިދާޅުވީ އެމެރިކާގައި އޮތް އެއް ޕާޓީގެ ޑިމޮކްރެޓިކް ވެރިކަމުގެ ޒަމާން ނިމުމަކަށް އައީ ކަމަށެވެ. ވެރިކަމުގައި ޑިމޮކްރެޓިކް ޕާޓީގެ ރައީސަކު ހުންނެވި އިރު، ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ލިބުމާ ގުޅިގެން، އެމެރިކާގައި މިހާރު އޮތީ ފާރަވެރިވެ ޒިންމާދާރު ކުރުމުގެ ނިޒާމެއް ގާއިމުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނި އަޣުލަބިއްޔަތަކުން ތިރިގޭގެ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީ އަށް ލިބުމާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، ތިރިގޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީއާ އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ބައިޑެންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ، މދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުން ދޭހަކޮށްދެނީ އެމެރިކާ ޑިމޮކްރެސީގެ ވަރުގަދަ ކަމާއި ފަހެލި ކަމެވެ.

އެމެރިކާގެ ރިއާސީ ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ އެވެ.

އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިޚާބުކުރުން ވެސް އޮންނާނެ އެވެ.