Roadha Mihaaru
ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ

ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފި

01 މާޗް 2023

މިއަހަރުގެ ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަން ދަރުބާރުގެ ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރުގެ ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަން ދަރުބާރުގެ ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ސަރުކާރުން އެތަން އެ ކޮމިޝަނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ހޯދަން އިލެކްޝަންސް ކޮމިޝަނުން ކުރިން މަސައްކަތްކުރި އެވެ.

އޭގެ ކުރީގެ އިންތިހާބުތަކުގައި މައި މަރުކަޒެއްގެ ގޮތުގައި ބާ ޖަމާލުއްދީން ބޭނުން ކުރި އެވެ. އެކަމަކު އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ސަރުކާރުން މިހާރު އެތަން ވަނީ އަތުލައިފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޕާޓީތަކުގެ މެދުގައި މިހާރު ދަނީ ކުރިއަށެވެ.