އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ އިސް ބައެއް ބޭފުޅުން އަންނަ ހަފުތާގެ ހޯމަ ދުވަހު ހާޒިރުކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ނިންމައިފި އެވެ.
22 ފެބުރުއަރީ 2023
އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ އިސް ބައެއް ބޭފުޅުން އަންނަ ހަފުތާގެ ހޯމަ ދުވަހު ހާޒިރުކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގައި މިއަދު މަޝްވަރާ ކުރީ ކަނޑުވައި އެކްސްޕޯޓުން ތިލަފުށީގެ ބިމެއް ބޭނުން ކުރުމަށް އެޗްޑީސީން ދިން ހުއްދައާ ގުޅިގެން އުފެދުނު މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އިސްވެރިން ހާޒިރު ކުރަނީ މައްސަލައިގެ ތަފްސީލު އިތުރަށް ހޯދުމަށެވެ.
ކަނޑުވައި އެކްސްޕޯޓުން މައްސަލަ ހުށަހެޅީ، އެޗްޑީސީގެ އިސްވެރިންތަކެއް، ނާޖައިޒް ގޮތުގައި މަގާމުގެ ބޭނުންކޮށް އެ ކުންފުނީގެ މަސައްކަތަށް ހުރަސް އަޅައި އެ ކުންފުނީގެ މަސައްކަތް ހުއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން ފޮނުވި ޖަވާބުގައި ވަނީ ކަނޑުވައި އެކްސްޕޯޓުން ބޭނުންވީ، "ސަންޓޫނާ" ކިޔާ ބާޖު ބާދަގަނޑަށް ހެދުމަށް ތިލަފުށިން ތިން މަސް ދުވަހަށް ޖާގައެއް ހޯދަން ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަސައްކަތް ކުރަން ހުއްދަ ދިން ފަހުން އެހެން ބާޖެއް އެތަނަށް ވައްދައިގެން އިތުރު މަސައްކަތްތަކެއް އެ ކުންފުނިން ކުރާކަން ފާހަގަވި ކަމަށެވެ. އަދި އެ ބާޖު އެ ސަރަހައްދަށް ވެއްދީ ކޮން ބޭނުމެއްގައި ކަން ވެސް ނޭންގުނު ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ހުއްދަ ނުހޯދައި އިތުރު އުޅަނދެއް އެ ސަރަހައްދަށް ނުވެއްދޭނެ ކަން އެ ކުންފުންޏަށް އަންގާފައި ވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެހެންވެ އެކަން ހުއްޓައިނުލުމުން ފުލުހުންނަށް އަންގައިގެން އެޗްޑީސީން ވަނީ އެ ކަން ހުއްޓުވައިފަ އެވެ.
އެޗްޑީސީން ބުނީ، ހުއްދަ ނުހޯދައި ގަވައިދާ ހިލާފަށް ގިނަ ބަޔަކު ތިލަފުށީގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވި، އެފަދަ ކަންކަން ހުއްޓުވުމަށް އިތުރަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ކަނޑުވައި އެކްސްޕޯޓުން ކުރި މަސައްކަތް ވެސް ހުއްޓުވީ އެ އުސޫލުން ކަމަށެވެ.
ކަނޑުވައި ކުންފުނީގެ މަސައްކަތް އެއްބަސްވި މުއްދަތަށް ނުނިންމުމުން، އެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޑީސީން ހުއްދަ ދީފައިވެ އެވެ.
އެހެން ނަމަވެސް، ކަނޑުވައި އެކްސްޕޯޓުން ވަނީ އެ މަސައްކަތުގެ މުއްދަތު އިތުރު ކުރުމަށް އެޗްޑީސީން ލިޔެކިޔުމުން އެކަން އަންގާފައި ނުވާ ކަމަށް ބުނެފަ އެވެ.
ސަރުކާރަށް ދަރާފައިވާނަމަ މަޝްރޫއު ނުދޭން ފާސްކޮށްފި
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ
ބިިންވެރިޔާ ލިސްޓްގެ ބޭރުން ގޯތިދިން މައްސަލަ މަޖިލީހަށް
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: އެންސީސީ
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި