Roadha Mihaaru

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

29 އެޕްރީލް 2025

ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ތިލަފުށީގައި ކްލިނިކެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެެވެ.

ކްލިނިކް ހިންގުމަށް ތިލަފުށިން 669.3 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ބިޑު ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުން ޒޫމް މެދުވެރިކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ބާއްވާނެ އެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 1:00 އާއި 2:00 އާ ދެމެދުގަ އެވެ. ބިޑް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރު 2:00 ގައި އެޗްޑީސީ ހެޑް އޮފީހުގަ އެވެ.

އެ ކުންފުނިން ބުނީ ކްލިނިކް ހިންގަން އެ ބިން ކުއްޔަށް ދެނީ 10 އަހަރު ދުވަހަށް ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ފުރަތަމަ ދެ އަހަަރު މަހު ކުލީގެ ގޮތުގައި އެ ބިމަށް ދައްކަން ޖެހޭނީ އަކަފޫޓަކަށް 17.5ރ. އެވެ. އެއީ މަހަކު ޖުމްލަ 11،712.75ރ. އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެންމެ މަދުވެގެން 3-5 އަހަރަށް އެ ބިން ކުއްޔަށް ނަގާ ގޮތަށެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ ބިމުގައި ކްލިނިކް ހަދަން ކުރާ އިންވެސްޓްމަންޓަށް އަރާނެ ކަމަށް ލަފާކުރެވެނީ 435،045ރ. އެވެ.