Roadha Mihaaru
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި

ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

01 ނޮވެމްބަރ 2024

ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ އަމިއްލަ ކްލިނިކެއް ކަމަށްވާ، އީވްގެ އާ ކްލިނިކެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ އަމިއްލަ ކްލިނިކެއް ކަމަށްވާ، އީވްގެ އާ ކްލިނިކެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.

ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ހުޅުވި "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެތަން ހުޅުވުމަށްޓަކައި އެ ކްލިނިކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ގައުމެއްގައި ވެސް ސިއްހީ ދާއިރާ ތަރައްގީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށެވެ.

އީވް ކްލިނިކް ވެސްޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

އީވް ކްލިނިކް ވެސްޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ދެއްވާ މިފަދަ ހިދުމަތްތައް ދެއްވުމުގައި ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ،

އެ ރަސްމިައްޔާތުގައި އީވް ކްލިނިކްގެ ޗެއާމަން ހުސައިން މުހައްމަދުފުޅުގެ ބޭފުޅެއް ކަމަށްވާ ޑރ. ޖައުފަރު ވެސް ވާހަކަ ދެއްކެވި އެވެ.

ޑރ. ޖައުފަރު ވިދާޅުވީ އީވް ވެސްޓް ޕާކް ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކީ އެ ކްލިނިކުން ކުރިން ދެމުން އައި ހިދުމަތްތަކާ އެކު، ވަސީލަތްތައް އިތުރު ކުރުން ކަމަށެވެ. އެ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ކިޔު ކުޑަކުރުމަކީ އެއް މަގުސަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއް ބޭނުމަކީ ޑރ. ޖައުފަރު ވިދާޅުވިގޮތުގައި ފަސޭހަކަމާ އެކު، ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހޯދައި ދިނުމެވެ.

އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅުގެ ދަރިކަލުން ޑރ. ޖައުފަރާއި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅުގެ ދަރިކަލުން ޑރ. ޖައުފަރާއި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

"ބައްޕަގެ ހިތްވަރާއި އެއްބާރުލުމާ ނުލައި އީވް ކްލިނިކް ކުރި ނޭރީސް. އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ މިތަނަށް އާ ހިދުމަތްތައް ތައާރަފް ކުރުން. ރާއްޖޭގައި މިހާރު ލިބެން ނުހުންނަ ހިދުމަތްތައް ތައާރަފް ކުރުން،" ޑރ. ޖައުފަރު ވިދާޅުވި އެވެ.

އީވް ކްލިނިކް ވެސްޓް ޕާކްގެ ފިޒިއޯތެރަޕީ ރޫމް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އީވް ކްލިނިކް ވެސްޓް ޕާކްގެ ފިޒިއޯތެރަޕީ ރޫމް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އެއީ މިސާލަކަށް ފިޒިއޮތެރަޕީ އާއި ސްކިން ޓްރީޓްމަންޓް އަދި ޑެންޓަލް ޓްރީޓްމަންޓްގެ ވެސް ރާއްޖެ އިން ލިބެން ނުހުންނަ ހިދުމަތްތައް ތައާރަފް ކުރުން."

އީވް ކްލިނިކްގައި މިހާރު ޑޮކްޓަރުން ބަލާ ޑިޕާޓްމަންޓްތަކުގެ ތެރޭގައި:

- ހިތުގެ ބަލިތައް

- ނާރުގެ ބަލިތައް

- ދަތުގެ ބަލިތައް

- ފުުއްޕާމޭގެ ބަލިތައް

- ހޯމޯންގެ ބަލިތައް

- ކިޑްނީގެ ބަލިތައް

- ކުޑަކަމުދާ ނިޒާމުގެ ބަލިތައް

- ނަފްސާނީ ބަލިތައް

- ރޭޑިއޯގްރަފީ، އަލްޓްރާސައުންޑް ސްކޭންގެ ހިދުމަތް

- އެތެރެހަށީގެ ބަލިތައް

- އާންމުބަލިތައް

- ކައުންސިލިންގެ ހިދުމަތް - ކަރުންމަތީގެ ބަލިތައް

- ކަށީގެ އަދި އޮޕަރޭޝަންގެ ބަލިތައް

- އަންހެނުންގެ ހާއްސަ ބަލިތައް

- ކުޑަކުދިންގެ ހާއްސަ ބަލިތައް

އެންމެ ޑޮކްޓަރަކާ އެކު އީވް ކްލިނިކް ފަރީދީ މަގުގައި ހުޅުވީ ޖެނުއަރީ 2010 ގަ އެވެ. އޭރު އެ ތަނުގައި މަސައްކަތް ކުރެއްވީ މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް އެކަންޏެވެ.

އީވް ކްލިނިކް ވެސްޓް ޕާކް-- ފޮޓޯ: ނިޝާން އަލީ / މިހާރު

އީވް ކްލިނިކް ވެސްޓް ޕާކް-- ފޮޓޯ: ނިޝާން އަލީ / މިހާރު

ނަމަވެސް މިހާރު އެއީ ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް، ގިނަ އަދަދެއްގެ މުވައްޒަފުންނާ އެކު، ދެމުން އަންނަ ކްލިނިކެކެވެ.