Roadha Mihaaru
ހެކް ކުރުން ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަނީ

ހެކް ކުރުމާއި ސައިބާ ކްރައިމް ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަނީ

22 ފެބުރުއަރީ 2023

ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު މި އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމެވެ.

ގާނޫނުލްއުގޫބާތަށް އިތުރުކުރާ ކުށްތައް:

1. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން

2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން

3. ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން

4. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން

5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން

6. ސައިބާ ވަޔަލަންސްގެ އަމަލުތައް

7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް

8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް

9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.

ސައިބަކްރައިމްގެ ކުށްތަށް ރާއްޖޭގައި ގިނަވަމުން އަންނައިރު އެފަދަ ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކުށްތައް ތަކުރާރު ވުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ.