މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީީޑިއާ އަށް ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
22 އޯގަސްޓް 2021
މީހެއްގެ ފޯނު ހެކްކޮށް، އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީީޑިއާ އަށް ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު 36، ގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.
މަސާއިދު، 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުއްދަ ދެއްވައިފަ އެވެ. އޭނާ ބަންދު ކުރަން ނިންމީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލައިފަ އެވެ. ނަމަވެސް، އޭނާ މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން އަތުލައިގަތެވެ. އެ ތަކެތި ތަހުލީލު ކުރަން އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ފުލުހުން ބުނެ އެވެ.
މަސާއިދު ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަ ކުށެއް ކަމަށް ބުނެ، ޒިންމާދާރު ވަޒީފާއެއްގައި އުޅޭތީ، ޝަރުތުކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފަ އެވެ. އެކަމަކު، ފުލުހުން ވަނީ އެ ކަމާ ދެކޮޅު ހަދައިފަ އެވެ.
ފުލުހުން ކޯޓުގައި ބުނީ، މަސާއިދަކީ މީގެ ކުރިން ވެސް މިފަދަ އަމަލުތަކެއް ހިންގި ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
ކޮވިޑްގެ އިސް ސަފުގައި އުޅޭ މީހުންގެ ފޯނު ހެކްކުރަނީ!
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
މުސާރަ ނުދޭކަމަށް ބުނެ ވައްކަން ކުރުމުން ހައްޔަރުކޮށްފި
ރަހީނުކޮށް، ފައިސާ އަތުލަން އުޅުނު ދެ މީހަކު ހައްޔަރު
ޔާމީން ހެއްދެވީ ދޮގެއް، ގާނޫނީ ފިޔަވަޅާ ދިމާލަށް!
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި