Roadha Mihaaru
ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލެއިން

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލެއަށް ބަދަލުކޮށްފި

18 ފެބުރުއަރީ 2023

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް ބަދަލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް ބަދަލުކޮށްފި އެވެ.

މިނިސްޓްރީން މިއަދު ބުނީ މާދަމާއިން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ތިންވަނަ ފުލޯގައި ކަމަށެވެ.

މި ބަދަލާއެކު، މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުން ކަމަށް ވެސް ބުންޏެވެ.

ޓްރާސްޕޯޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރުމާއެކު، މާލޭގައި ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ހިންގަމުން އައި މިނިސްޓްރީގެ އޮފީސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ވެސް ދެން ހުންނަނީ ހުޅުމާލޭގައި ކަމަށް ވިދާޅުވި އެވެ.