ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ހަވީރު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވާތީ، އެ ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން ސަރުކާރުން މަނާކޮށްފި އެވެ.
24 ޖުލައި 2025
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ހަވީރު މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމާފައި ވާތީ، އެ ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެހިކަލް ދުއްވުން ސަރުކާރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މާދަމާ އާއި އަންނަ ހޮނިހިރު ދުވަހު އަދި އާދިއްތަ ދުވަހު ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް އަދި ސެކިއުރިޓީ މަސައްކަތްތަކަށް ފަސޭހަކުރުމަށް މާލޭގެ މަގުތަކުގައި އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
• މާދަމާ - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ދުއްވުން މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށް މަނާވާނެ.
• ހޮނިހިރު ދުވަހު - ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދުތައް، މެންދުރުފަހު 3:00 އިން އިރުއޮއްސި 6:30 އަށް ދުއްވުން މަނާވާނެ.
• އާދިއްތަ ދުވަހު - ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ހަވީރު 6:00 އިން މެންދަމު 12:00 އަށް މަނާވާނެ.
މިނިސްޓްރީން ބުނީ މަނާ ވަގުތުތަކުގައި ދުއްވާ ވެހިކަލްތަކަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި އެމްބިއުލެންސާއި ޕަބްލިކް ޓްރާންސްޕޯޓް ނުވަތަ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އެ ވަގުތުތަކުގައި ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާތީ، މާލޭގެ ގްރީން ޒޯނު މިހާރު ވެސް ވަނީ ވެހިކަލްތަކަށް ބަންދުކޮށްފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާތީ، އެއާޕޯޓަށް ވެސް އާންމު ވެހިކަލްތައް ވަދެނުކުތުމަށް ވަނީ ވަކި ވަގުތުތަކެއް ކަނޑައަޅައިފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ވަނީ ނިންމައިފަ އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ހަވީރާއި ރޭގަނޑު މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕެރޭޑާއި ފުޅަނދުބުރާއި އެހެން ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
ހުޅުމާލެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން