Roadha Mihaaru

މަނާ ވަގުތު ވެހިކަލް ދުއްވައިގެން 141 މީހަކު ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި

މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ހަވީރުގެ ދެ ގަޑިއިރުގެ ތެރޭގައި ފުލުހުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.

މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ
އިފްރާޒް އަލީ
އިފްރާޒް އަލީ

06 ޖޫން 2025

މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާ ކަމަށް ކަނޑައެޅި ހަވީރުގެ ދެ ގަޑިއިރުގެ ތެރޭގައި ފުލުހުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފި އެވެ.

މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން މީގެ ދެ ދުވަސް ކުރިން އިއުލާނުކޮށްފައި ވިޔަސް ވެހިކަލް ދުއްވުން މަނާވާނީ މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

ފުލުހުން މިރޭ ބުނީ ވެހިކަލް ދުއްވުން މަނާ ކަމަށް ސަރުކާރުން ކަނޑައެޅި ދެ ގަޑިއިރު މާލޭގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް އެކަން ނުކުރަން ނަސޭހަތްދީފައިވާ ކަމަށާއި 11 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިއަދުގެ އޮޕަރޭޝަނެއްގައި ތިން ވެހިކަލެއް ވަނީ ޓޯ ވެސް ކޮށްފަ އެވެ. އެއީ، ނުރައްކާތެރިކޮށް ދުއްވައިގެންނާއި ލައިސެންސުގެ މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނާއި ލައިސަންސް ނެތި ދުއްވައިގެންނެވެ.