Roadha Mihaaru
ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ!

ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް، ފިޔަވަޅު އަޅަނީ!

15 އޯގަސްޓް 2024

މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރާ އުޅަނދުތައް ޓޯކޮށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ކަންކަންމަތީގައި ޕާކު ކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެހެންވެ އެގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރަން ނިންމާފައި ވަނީ ކަންކަންމަތީގައި ރެޑްލައިން ދެމުމެވެ.

އޭގެ ފަހުން ވެސް ގަވާއިދާ ހިލާފަށް އެ ތަންތަނުގައި ޕާކުކުރާ މީހުންނަށް އެކަން އަންގައި އިއުލާންކޮށް، އަޅާނެ ފިޔަވަޅު އަންނަ ހަފުތާ ތެރޭގައި ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި. ވިސްނުމެއް މާ ބޮޑު ހިޔާލެއް ނެތި، ހަމަ ކަންމަތީގައި ޕާކު ކުރަމުން އެ ގެންދަނީ،" އަމީން ވިދާޅުވި އެވެ.

މަގުމައްޗާއި ދުވާރުމަތީގައި ކާރާއި ޕިކަޕް ޕާކްކުރުމުގެ މައްސަލަ ބޮޑުވެ، އާއްމުންނަށް ހިނގައިބިނގާވެ އުޅުމުގައި ދަތިތައް ކުރިމަތިވުމުން، ދުވާރުމަތީގައި ވެހިކަލް ޕާކްކުރުން ހުއްޓުވަން ބޮލާޑް ޖަހަން ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.