Roadha Mihaaru

މައްސަލަ ހައްލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށައިފި

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގުގެ ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ދޭން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް އަލުން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

30 ޖުލައި 2025

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގުގެ ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ދޭން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގުގެ ސާވާ ހުއްޓުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، އޭސީތައް އޯވާހީޓުވެގެންނެވެ.

ޓެކްނިކަލް ޓީމަކުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދަން ހިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ރޭ ދަންވަރު މައްސަލަ ހައްލު ވެފައިވާ ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން ހުރިހާ ހިދުމަތެއް އަލުން ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ އާއި ޒޯން ބަދަލުކުރުން ފަދަ އެއްގަމު ދަތުފަތުރާ ބެހޭ ހުރިހާ ހިދުމަތެއް ކުރިއަށް ގެންދަނީ އެ މިނިސްޓްރީންނެވެ.