ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގެ ހިދުމަތް ބ. އަތޮޅުގައި ފަށައި އުތުރުގެ ހުރިހާ އަތޮޅެއް ގުޅާލައިފި އެވެ.
28 ޖުލައި 2025
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް) ފެރީގެ ހިދުމަތް ބ. އަތޮޅުގައި ފަށައި އުތުރުގެ ހުރިހާ އަތޮޅެއް ގުޅާލައިފި އެވެ.
މިޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މިދިޔަ ޖޫން މަހު ރައީސް އިއުލާން ކުރެއްވި ގޮތުގައި. ޖުލައި ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީ ގެ ހިދުމަތް ފަށާނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތް ވެސް ފަށާނެ އެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދާ ކަމަށް އޭރު ވިދާޅުވި އެވެ.
ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ. ބ. އަތޮޅުގައި މިއަދު ހިދުމަތް ފެށުމުން ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.
އެމްޓީސީސީން ބުނީ ބ. އަތޮޅުގެ ހިދުމަތާ އެކު، އެއާޕޯޓު އޮންނަ ދަރަވަންދޫ ހިމެނޭހެން މީހުން ދިރިއުޅޭ 13 ރަށް ފެރީން ގުޅުވާލެވުނީ ކަމަށެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ފެރީގައި ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން ދަތުރުތައް ކުރެވޭނީ ޓިކެޓް ނަގައިގެންނެވެ.
އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގޭނެ އެވެ.
އާރްޓީއެލް ފެރީން ބަޔަކު ފައިބަނީ. --ފޮޓޯ: އެމްޓީސީސީ
ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ.
އިތުރު ފަސް އަތޮޅެއްގައި އާރްޓީއެލް ފެރީ ފަށަނީ
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި
ބޭސްފަރުވާއަށް އާރުޓީއެލް ފެރީގައި ހިލޭ ދެވޭގޮތް ހަދަނީ
ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
ޓެކްސީ ލައިންގައި ހަނި ގޯޅިއަށް ވަދެވޭ ޓެކްސީ ހުންނާނެ
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން ވާނީ ފައިދާ: އަމީން
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ބަހައްޓައިފި