ބޭސްފަރުވާގެ ކަންކަމަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
03 އޯގަސްޓް 2025
ބޭސްފަރުވާގެ ކަންކަމަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނަށް ސިއްހީ އެކިއެކި ހިދުމަތްތައް ހޯދަން އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.
މިނިސްޓްރީން އެ މަސައްކަތް ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާސިރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ ހިދުމަތް ފެށުމާ ވަރަށް ގާތަށް މިހާރު ދެވިފައިވާ ކަމަށެވެ.
"ބީއެމްއެލްގެ ހާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކާޑު ބޭނުންކޮށްގެން ބަލިމީހާ އާއި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފަ އެވެ. އެންމެފަހުން އެ ހިދުމަތް ފެށީ ބ. އަތޮޅުގައި، މިދިޔަ ހޯމަ ދުވަހު އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރުޓީއެލް ހައިސްޕީޑް ފެރީގެ މަޝްރޫއަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާ ސަރުކާރުން މިދިޔަ މެއި މަހު ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެ ފައިސާ އިން 12 ހައި ސްޕީޑް ފެރީ ބަންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި މަޝްރޫއު ނިމޭއިރު، ޖުމްލަ 80 ހައި ސްޕީޑް ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
އިތުރު ފަސް އަތޮޅެއްގައި އާރްޓީއެލް ފެރީ ފަށަނީ
ނ، ރ. ބ. ގައި އާރުޓީއެލް ފެރީ ހިދުމަތް ފަށަނީ
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި
ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި
ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި
ރ. އަތޮޅުގައި މާދަމާ އާރްޓީއެލްގެ ހިދުމަތް ފަށަނީ
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
އާރުޓީއެލްއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ