އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
26 ޖޫން 2025
އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް ރ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދާ އެއްގޮތަށް މިއަދު އެ އަތޮޅު އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
"މި ހިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. ބ. އަތޮޅުގައި އެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުން ކަމަށް ރައީސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރ. އަތޮޅުގެ ރައްޔިތުންނަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.
ސަރުކާރުން އާރްޓީއެލްގެ ހިދުމަތް ދެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.
މި މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް ފުޅާކުރަން އިންޑިއާ ސަރުކާރުން މިދިޔަ މަހު ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެ ރުފިޔާއަށް 12 ހައި ސްޕީޑް ފެރީ ބަންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އުތުރާއި އެންމެ ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ގުޅުވާލާފައި ވަނީ އަލްޝާލީގެ 10 އަދި ގަލްފް ކްރާފްޓުގެ 17 ހައި ސްޕީޑު ލޯންޗުންނެވެ.
ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ. އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ. އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ އެވެ. މި މަޝްރޫއު ނިމޭއިރު، ޖުމްލަ 80 ހައި ސްޕީޑް ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެ އެވެ.
"މިއަހަރު މުޅި ރާއްޖެއަށް ފެރީގެ ހިދުމަތް ދެވޭނެ"
ބ. އަތޮޅުގައި ރަސްމީކޮށް އާރުޓީއެލް ފެރީ ފަށައިފި
ރ. އަތޮޅުގެ އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
މާލޭ ދެޓާމިނަލެއްގެ ބަނދަރު ފެރީތަކަށް ހުޅުވާލަނީ
އުތުރުގެ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާ ހަވާލުކުރަނީ
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި
ހައިސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ ލޯންޗް ޓެސްޓްކުރަނީ
އެމްޓީސީސީ ސަލާމަތްކުރަން ދަތުރުފަތުރަށް އާ ކުންފުންޏެއް
ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީ ފަށައިފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ