25 ސެޕްޓެމްބަރ 2021
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ލޯންޗު ބަނދެ ޓެސްޓު ކުރަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ ލޯންޗު ބަނދެ ޓެސްޓު ކުރަން ތައްޔާރުވެއްޖެ އެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައި ސްޕީޑް ފެރީގެ ނިޒާމު ގާއިމް ކުރުމުގެ ފުރަތަ ފިޔަވަހި ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ލޯންޗުތައް ބަންނަން ހަވާލުކުރީ ލޯންޗް ބަނުމުގެ މަސައްކަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރާ ގަލްފް ކްރާފްޓަށެވެ. އެ މަޝްރޫއުގެ ދަށުން މިއަދު ފުރަތަމަ ފަހަރަށް ލޯންޗެއް ވަނީ މޫދަށް ބާލައިފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ، އިންޖީނު ވެސް އަޅައި އެ ލޯންޗު ބޭލީ ޓެސްޓު ކުރަން ކަމަށެވެ. ޓެސްޓުކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓްރައިލް އަށް ރެޑީ ކުރަން ވެގެން މި ބޭލީ. މި މަހުގެ ތެރޭގައި ޓެސްޓް ޓްރައިލްއަށް ދުއްވަން ފަށާނެ،" އާޒިމް ވިދާޅުވި އެވެ.
Raajjeyge public ferry nizaamah ingilaabeh gennane high speed ferry network ge furathama ulhadhu beylun. Raees @ibusolih ge mi vaudhu fudhdhumah #TeamMTCC ge muvazzafun kuramundhaa bura masakkathah @MTCCPlc adhi @MoNPHImv in dhevvaa lafayah Min. Aslam ah Shukuriyya @AslamAslamtey pic.twitter.com/zXT7bMRt5o
— Adam Azim (@adamazim) September 25, 2021
އެމްޓީސީސީގެ ސީއީއޯ އާޒިމްގެ ޓްވީޓް --
އާޒިމް ވިދާޅުވީ، 30 ނޮޓްގެ ބާރުމިނުގައި ދުވާ މި ލޯންޗުތައް އާދައިގެ ދޯނިތަކާ އަޅާބަލާއިރު ތިން ގުނަ ބާރުމިނުގައި ދުވާނެ ކަމަށެވެ. އަދި ކޮންމެ ލޯންޗެއްގައި 50 މީހުންނަށް ދަތުރު ކުރެވޭނެ ކަމަށާއި ލޯންޗުތައް ހުންނާނީ އޭސީ ކޮށްފައިކަމަށް ވެސް ވިދާޅުވި އެވެ. މީގައި މީހުން އިށީންނަން ހުންނާނީ އެއާކްރާފްޓް ސީޓުތައް ކަމަށް ވެސް ވިދާޅުވި އެވެ.
ލޯންޗުތައް ފަރުމާކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށެވެ.
ސަރުކާރުން ހައި ސްޕީޑް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި ވަނީ ހއ.، ހދ. އަދި ށ. އަތޮޅުގަ އެވެ. މުޅި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެވެ. އެ ފިޔަވަހި ނިމޭ އިރު 41 ރަށަކަށް ހައި ސްޕީޑް ފެރީގެ ހިދުމަތް ދެވޭނެ އެވެ.
އެ އަތޮޅުތަކުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ 17 ލޯންޗެއް ބަނުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭގެ ތެރެއިން، ހަ ލޯންޗެއްގެ ދަތުރުތައް ނޮވެމްބަރު 15ގެ ކުރިން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" އަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ސަރަހައްދުތައް ގުޅާލުމަށް ފެށި މަޝްރޫއެކެވެ.
ގަލްފްކްރާފްޓުން ބަން އެމްޓީސީސީގެ ފެރީތައް ހަވާލުކޮށްފި
އެމްޓީސީސީ ސަލާމަތްކުރަން ދަތުރުފަތުރަށް އާ ކުންފުންޏެއް
ހއ. އާއި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީ ފަށައިފި
ފެރީގެ ހިދުމަތްދޭ ނުވަ އަތޮޅުގައި ނަގާ އަގު ބޮޑެއް ނޫން
އާރުޓީއެލް ހައިވޭ ލިންކްތަކުން އަގު ނަގަން ފަށައިފި
ޅ. އަތޮޅު ފެރީ ހިދުމަތުން އަގު ނަގަން ފަށަނީ
ޅ. ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި
އާރްޓީއެލް ސްޕީޑް ފެރީ ހިދުމަތް ޅ. އަތޮޅުގައި ފަށަނީ
އާރްޓީއެލް ލޯންޗުތައް ބަނުން އަލް ޝާލީ މެރިން އަށް
މިނީ ބަސް ފެށުން: އެތައް ޝަކުވާއެއްގެ ނިމުން؟