Roadha Mihaaru
ޗައިނާއަށް ރާއްޖޭން އޮންއެރައިވަލް ވިސާ ދޭން ފަށައިފި

ޗައިނާ އާއި ރާއްޖެއާ ދެމެދު ހެދި އޮންއެރައިވަލް ވިސާގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

17 ފެބުރުއަރީ 2023

ރާއްޖެ އާއި ޗައިނާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭން އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ އާއި ޗައިނާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭން އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރު ސޮއި ކުރިޔަސް، ކޮވިޑް-19 އާ ގުޅިގެން ޗައިނާގައި އެޅި ފިޔަވަޅުތައް އޭރު އޮތުމުން އެ އެއްބަސްވުމަށް އަމަލުކުރަން އޭރު ނުފަށަ އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމަށް މިހާރު ރަސްމީކޮށް އަމަލުކުރަން ފަށާފައިވާތީ 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް ރާއްޖެ އަންނަ ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވެސް ޗައިނާއިން ލިބޭނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.

ނަމަވެސް އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތެއް ކުރަން އަންނަ ނަމަ އެކަމަށް ދުރާލައި ވިސާ ހޯދަން ޖެހޭނެ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އިތުރު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް މިދިޔަ އަހަރު ދެ ގައުމުން ސޮއިކުރި އެވެ.