08 ޖެނުއަރީ 2022
ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރު (960 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރު (960 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ހިލޭ އެހީ ދޭން ނިންމީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން ޗައިނާއިން ރާއްޖެއަށް 968 މިލިއަން ރުފިޔާ ހިލޭ އެހީ ދޭން ނިންމީ ރާއްޖޭގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ. އަދި ހިލޭ އެހީގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރަން 199 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ޗައިނާގެ އެހީގައި ހިންގުމާއި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް ޗައިނާ ސަރުކާރުން އަނެއްކާވެސް ބަލަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ފުރަތަމަ ފަހަރަށް އޮން އެރައިވަލް ވިސާ ދޭން ވެސް އެ ގައުމުން މިއަދު ވަނީ ނިންމައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމުންނެވެ.
ޗައިނާއިން ރާއްޖެއަށް އެހީ ދޭން ނިންމިއިރު، އެ ގައުމުން މީގެކުރިން ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ސިނަމާލޭ ބްރިޖް އެޅުމުގެ މަސައްކަތާއި އެހެން ވެސް ބޮޑެތި ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ރާއްޖެއަކީ މުހިންމު ބައިވެރިއެއް: ޗައިނާ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޝާހިދު ޗައިނާ އަށް ވަޑައިގަތީ ގޮތް ހުސްވުމުން: ޝިޔާމް
ޝާހިދު ފުރަތަމަ ފަހަރަށް ޗައިނާއަށް ވަޑައިގެންފި
ޝާހިދުގެ ޗައިނާގެ ފުރަތަމަ ދަތުރު އަންނަ މަހު
ޗައިނާ ސިލްކް ރޯޑު މަޝްރޫއުތައް ކުރިއަށްގެންދާނެ
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!