10 ޑިސެމްބަރ 2020
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.
އެ ގައުމުން އެގޮތަށް ބުނީ ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު ބޭއްވި "ޑިރެކްޓާ ޖެނެރަލް ލެވެލް"ގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ދެ ގައުމުން ނިންމާފައިވާ އެކި ނިންމުންތައް ތަންފީޒު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއާ އިތުރަށް ގުޅުން ބަދަހި ކުރާނެ ކަމަށް، ޗައިނާ ތަމްސީލު ކުރެއްވި، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޗެންގް ސޮންގްގެ ވިދާޅުވި ކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާ އަށް ރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަ ކުރައްވައި، ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް ސޮންގް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި، "ވަން ޗައިނާ" ސިޔާސަތު ރާއްޖެ އިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދު އަމީން ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ޗައިނާ އިން ދިން އެހީތެރިކަން ފާހަގަ ކުރައްވައި، އެއީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި އިގްތިސާދީ އަދި މާލީ ދާއިރާ އިން ގުޅުން ބަދަހި ކުރުމުގެ އިތުރުން ޚާރިޖީ ވަޒީރުންގެ ފެންވަރުގެ މަޝްވަރާތައް ދެ ގައުމުން ކުރިއަށް ގެންދަން ރާއްޖެ އިން ޝައުގުވެރިކަން ފާޅުކުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޖުލައި މަހު ވެސް ދެ ގައުމުގެ ދެމެދުގައި ޑިރެކްޓާ ޖެނެރަލްގެ ލެވެލްގެ މަޝްވަރާތައް ބޭއްވި އެވެ.
ޗައިނާއަކީ ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގި އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އެހީވި ގައުމެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ހިޔާ މަޝްރޫއުގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކަށް ޗައިނާއިން ހިލޭ އެހީ އާއި ލޯނު އެހީ ދިނެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ރާއްޖެއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދޭނެ"
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
"ޗައިނާ-ރާއްޖޭގެ ގުޅުމަށް އޮތީ އުޖާލާ އަހަރުތަކެއް"
ޗައިނާއިން ގައުމުގެ ދާހިލީ ކަންކަމާ ނުބެހޭނެ: ސަފީރު
ޗައިނާއިން ރާއްޖެއަށް 960 މިލިއަންގެ ހިިލޭ އެހީ ދެނީ
ޗައިނާގެވަޒީރަށް މަރުހަބާ ދަންނަވަން ޝާހިދު ވަޑައިގެންފި
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު
ޗައިނާއިން ރާއްޖެއަށް އަބަދުވެސް އެހީވާނެ: އާ ސަފީރު
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި