09 ޖެނުއަރީ 2024
ރާއްޖެ އަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކުރަން ބޭރުގައި ހުރި މިޝަންތަކުން ހާއްސަ މަސައްމަތްތަކެއް ފަށަން ނިންމައިފި އެވެ.
ރާއްޖެ އަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކުރަން ބޭރުގައި ހުރި މިޝަންތަކުން ހާއްސަ މަސައްމަތްތަކެއް ފަށަން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ ޗައިނާގައި މިއަދު ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރު 'މިހާރު' އަށް ފަހުން ވިދާޅުވީ 19 މިޝަނުގެ ހާއްސަ އޮފިޝަލުން ރާއްޖެ އަށް އެކިއެކި ވިޔަފާރިތައް ގެންނަން ކުރިމަގުގައި މަސައްކަތްތައް ކުރާނެ ކަމަށެވެ.
"އެ ކަމަށް ހާއްސަ މުވައްޒުން ހަމަޖައްސާނަން. އެ މުވައްޒަފުންގެ ކަމަކަށް ވާނީ ވިޔަފާރީގެ ފަހި ފުރުސަތުތައް ރާއްޖެ އަށް ހޯދައި ދިނުން. ބޭރުގެ ވިޔަފާރިވެރިންނަށް މަގު ދައްކައި ދިނުން،" ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި ޓޫރިޒަމްގެ އިތުރު ފުރުސަތުތައް ހޯދައިދޭން އެ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމްގެ އިތުރުން ވެސް އެހެން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް މިޝަންތަކުން ކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން އަލަށް ފަށާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!
ޒަމީރުގެ ޗައިނާ ދަތުރުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ޗައިނާއާއެކު އޮތް ގުޅުން ވާނީ ވަރުގަދަ: ރައީސް
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ
ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމަށް އެހީވާނަން:ޗައިނާ
ރައީސްގެ އުފަންދުވަހަށް ޗައިނާގެ ރައީސްގެ ސިޓީފުޅެއް