16 ފެބުރުއަރީ 2023
މި މަހު 25 ގައި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވާ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 އެއްހާ ފެތުންތެރިން ބައިވެރިވެފައިވާ ކަމަށް، ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
މި މަހު 25 ގައި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވާ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 އެއްހާ ފެތުންތެރިން ބައިވެރިވެފައިވާ ކަމަށް، ސްވިމިން އެސޯސިއޭޝަނުން ބުނެފި އެވެ.
އެ އެސޯސިއޭޝަނުން ބުނީ ހަތަރު ކެޓަގަރީއެއްގައި ވާދަ ކުރުމަށް 200 އެއްހާ ފެތުންތެރިން މިއަދުގެ މެންދުރު 12 ޖެހުމާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ.
ގައުމީ ގައުމީ ދިގުފެތުމުގެ މުބާރާތް އެނބުރި މި އައީ ތިން އަހަރަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.
1. ގައުމީ ފެންވަރުގެ ސީނިއާ ފެތުންތެރިން (5 ކިލޯމީޓަރު)
2. ގައުމީ ފެންވަރުގެ ޖޫނިއާ ފެތުންތެރިން (3 ކިލޯމީޓަރު)
3. ސްވިމިން ޗެލެންޖް ސީނިއާ (1 ކިލޯމީޓަރު)
4. ސްވިމިން ޗެލެންޖް ސީނިއާ (500 މީޓަރު)
ހަތަރު ކެޓަގަރީގެ ތެރެއިން އެންމެ ވާދަވެރި ވާނީ ގައުމީ ފެންވަރުގެ ސީނިއާ ފެތުންތެރިންނަށް ބާއްވާ ކެޓަގަރީ އެވެ. އެ ކެޓަގަރީގައި ފަސް ކިލޯމީޓަރަށް ފަތާނެ އެވެ. އެކެޓަގަރީގައި ބައިވެރި ވެވޭނީ 2009 ގެ ކުރިން އުފަންވި ފެތުންތެރިންނަށެވެ. އެންމެ ފަހުގެ ދިގު ފެތުމުގެ މުބާރާތުގެ ސީނިއާ ފެތުންތެރިންގެ ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ އިއްމާން އާއި އައިޝަތު ސާޖިނާ އެވެ.
ގައުމީ ފެންވަރުގެ ފެތުންތެރިންގެ ތެރެއިން ޖޫނިއާ ފެތުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ވެސް ހިމެނެ އެވެ. އެ ކެޓަގަރީގައި ފަތާނީ ތިން ކިލޯމީޓަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2009، 2010 އަދި 2011 ގައި އުފަންވި ފެތުންތެރިނަށެވެ. ދެން ހިމެނެނީ ސްވިމިން ޗެލެންޖްގެ ސީނިއާ އާއި ކިޑްސް ކެޓަގަރީ އެވެ. އެ ދެކެޓަގަރީގައި ވެސް ވަނައެއް ނުހޮވާނެ އެވެ. ސީނިއާ ކެޓަގަރީގައި ފާތާނީ އެއް ކިލޯމީޓަރަށެވެ. އެ ކެޓަގަރީގައި ވާދަ ކުރެވޭނީ 2012 ގެ ކުރިން އުފަންވި ފަރާތްތަކަށެވެ. ސްވިމިން ޗެލެންޖްގެ ކިޑްސް ކެޓަގަރީގައި ފަތާނީ 500 މީޓަރަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2012, 2013, 2014 އަދި 2015 އުފަންވި ކުދިންނަށެވެ.
"ސްވިމިން ޗެލެންޖް ދެ ކެޓަގަރީ އަކީ އެންޖޯއިމެންޓަށް ފަތާލަށް ބާއްވާ ދެ ކެޓަގަރީ. އެ ދެ އިވެންޓޤގައި ވަނައެއް ނުހޮވާނެ،" ސްވިމިން އެސޯސިއޭޝަންގެ އޮފިޝަލް ބުންޏެވެ.
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ގައުމީ ދިގު ފެތުމުގެ މުބާރާތް ކުޑަގިރީގައި
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި