12 ފެބުރުއަރީ 2023
މި އަހަރުގެ ގައުމީ ދިގު ފެތުމުގެ މުބާރާތް، އިއްޔެ ރަސްމީކޮށް ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވަން އިއުލާން ކޮށްފި އެވެ.
މި އަހަރުގެ ގައުމީ ދިގު ފެތުމުގެ މުބާރާތް، އިއްޔެ ރަސްމީކޮށް ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވަން އިއުލާން ކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މުބާރާތް ބާއްވާނީ މި މަހު 25 ގައި ކަމަށެވެ. ގައުމީ ދިގުފެތުމުގެ މުބާރާތް އެނބުރި މި އައީ ތިން އަހަރަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފައެއް ނުވެ އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 16 އާ ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ. ސްވިމިން އެސޯސއޭޝަން ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމެއް ފުރައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
1. ގައުމީ ފެންވަރުގެ ސީނިއާ ފެތުންތެރިން (5 ކިލޯމީޓަރު)
2. ގައުމީ ފެންވަރުގެ ޖޫނިއާ ފެތުންތެރިން (3 ކިލޯމީޓަރު)
3. ސްވިމިން ޗެލެންޖް ސީނިއާ (1 ކިލޯމީޓަރު)
4. ސްވިމިން ޗެލެންޖް ސީނިއާ (500 މީޓަރު)
މުބާރާތް ހަތަރު ކެޓަގަރީއެއް ހިމެނެ އެވެ. އޭގެ ތެރެއިން އެންމެ ވާދަވެރި ވާނީ ގައުމީ ފެންވަރުގެ ފެތުންތެރިންނަށް ބާއްވާ ކެޓަގަރީ އެވެ. އެ ކެޓަގަރީގައި ފަސް ކިލޯމީޓަރަށް ފަތާނެ އެވެ. އެކެޓަގަރީގައި ބައިވެރި ވެވޭނީ 2009 ގެ ކުރިން އުފަންވި ފެތުންތެރިންނަށެވެ.
ގައުމީ ފެންވަރުގެ ފެތުންތެރިންގެ ތެރެއިން ޖޫނިއާ ފެތުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ވެސް ހިމެނެ އެވެ. އެ ކެޓަގަރީގައި ފަތާނީ ތިން ކިލޯމީޓަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2009، 2010 އަދި 2011 ގައި އުފަންވި ފެތުންތެރިނަށެވެ.
ދެން ހިމެނެނީ ސްވިމިން ޗެލެންޖްގެ ސީނިއާ އާއި ކިޑްސް ކެޓަގަރީ އެވެ. އެ ދެކެޓަގަރީގައި ވެސް ވަނައެއް ނުހޮވާނެ އެވެ. ސީނިއާ ކެޓަގަރީގައި ފާތާނީ އެއް ކިލޯމީޓަރަށެވެ. އެ ކެޓަގަރީގައި ވާދަ ކުރެވޭނީ 2012 ގެ ކުރިން އުފަންވި ފަރާތްތަކަށެވެ. ސްވިމިން ޗެލެންޖްގެ ކިޑްސް ކެޓަގަރީގައި ފަތާނީ 500 މީޓަރަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2012, 2013, 2014 އަދި 2015 އުފަންވި ކުދިންނަށެވެ.
"ސްވިމިން ޗެލެންޖް ދެ ކެޓަގަރީ އަކީ އެންޖޯއިމެންޓަށް ފަތާލަށް ބާއްވާ ދެ ކެޓަގަރީ. އެ ދެ އިވެންޓޤގައި ވަނައެއް ނުހޮވާނެ،" ސްވިމިން އެސޯސިއޭޝަންގެ އޮފިޝަލް ބުންޏެވެ.
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 ފެތުންތެރިން
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި