11 ފެބުރުއަރީ 2023
ނިއު ދިއްލީ (ފެބްރުއަރީ 11) - އިންޑިއާގައި ބީބީސީ އެއްކޮށް މަނާކުރުމަށް ހުށަހެޅުމުން އެކަން ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.
ނިއު ދިއްލީ (ފެބްރުއަރީ 11) - އިންޑިއާގައި ބީބީސީ އެއްކޮށް މަނާކުރުމަށް ހުށަހެޅުމުން އެކަން ނުކުރެވޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.
ބީބީސީން ހެދި ޑޮކިއުމެންޓްރީގައި، އިންޑިއާގެ ގުޖްރާތުގައި ހިންގި ލޭ އޮހޮރުވުމުގެ ތުހުމަތު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުރުމުން އެ ޑޮކިއުމެންޓްރީ އިންޑިއާގައި ވަނީ މަނާކޮށްފަ އެވެ. އެހެން ނިންމާފައި ވަނިކޮށް ހިންދޫ ކަނާތު ފިޔައިގެ ގުރޫޕެއް ކަމަށް "ސެނާ"ގެ ރައީސް ވިޝްނޫ ގުޕްތާ ސުޕްރީމް ކޯޓަށް ހުށަހެޅީ މުޅި ބީބީސީ އިންޑިއާގައި މަނާ ކުރުމަށެވެ.
އޭނާގެ ހުށަހެޅުމުގައި ވަނީ ބީބީސީގެ ހުރިހާ ވަސީލަތެއް އިންޑިއާގައި ބޭނުން ކުރުން މަނާ ކުރުމަށާއި އެ ކުންފުނީގެ މުވައްޒަފުން ވެސް އިންޑިއާގައި ހަރަކާތްތެރިވުން މަނާ ކުރުމަށެވެ.
ވިޝްނޫގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވި އިސް ވަކީލު ޕިންކީ އާނަންދު ވިދާޅުވީ ބީބީސީގެ ޑޮކިއުމެންޓްރީ "އިންޑިއާ: ދަ މޯދީ ކްއެޝަން" ސަރުކާރުގެ އަމުރުތަކަށް ބްލޮކްކޮށްފައިވިއަސް އެއީ އިންޑިއާ އާ ދެކޮޅު ޕްރޮޕަގެންޑާ މަނާ ކުރުމަށް ވަގުތީ ގޮތުން އެޅީ ފިޔަވަޅެއް ކަމަށެވެ. އެހެންވެ އިންޑިއާ އާ ދެކޮޅު ޕްރޮޕަގެންޑާ ދާއިމީކޮށް ހުއްޓުވުމުގެ ގޮތުން މުޅި ބީބީސީ މަނާ ކުރަން ޖެހޭ ކަމަށް އާނަންދު ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ސަންޖީވް ކަންނާ އާއި އެމް.އެމް. ސުންދްރޭޝް ވިދާޅުވީ އެ ހުށަހެޅުމަކީ ބަލައިގަނެވޭ ހުށަހެޅުމެއް ނޫން ކަމަށެވެ. އެހެންވެ މުޅި ބީބީސީ އިންޑިއާއިން މަނާ ނުކުރެވޭނެ ކަމަށް ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެވެ.
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ބީބީސީން މޯދީއަށް ތުހުމަތު ކުރުމުން އިންޑިއާ ނުރުހިއްޖެ
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވައިފި
ރައީސް މުއިއްޒަށް އިންޑިއާއިން ރަތްދޫލައިގެ މަރުހަބާއެއް
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
"ރާއްޖެއަށް އެހީވާން އިންޑިއާ އޮންނަނީ ތައްޔާރަށް"