ނިއު ދިއްލީ (ޖެނުއަރީ 20) - ގުޖްރާތުގައި 2002 ގައި ހިނގި ލޭ އޮހޮރުވުމުގެ ހާދިސާ އަށް ބީބީސީން ތައްޔާރު ކުރި ޑޮކިޔުމެންޓްރީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ތުހުމަތު ކުރުމުން އިންޑިއާގެ ސަރުކާރުން ރުޅި ގަދަވެއްޖެ އެވެ.
ނިއު ދިއްލީ (ޖެނުއަރީ 20) - ގުޖްރާތުގައި 2002 ގައި ހިނގި ލޭ އޮހޮރުވުމުގެ ހާދިސާ އަށް ބީބީސީން ތައްޔާރު ކުރި ޑޮކިޔުމެންޓްރީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ތުހުމަތު ކުރުމުން އިންޑިއާގެ ސަރުކާރުން ރުޅި ގަދަވެއްޖެ އެވެ.
ގުޖްރާތުގައި 2002 ގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ލޭ އޮހޮރުވުމުގައި 1000 ވުރެ ގިނަ މީހުން މަރުވި ހާދިސާ ހިނގައި ދިޔައިރު އެ ސްޓޭޓް ޗީފް މިނިސްޓަރަކަށް ހުންނެވީ މޯދީ އެވެ. މި ލޭހޮރުވުންތައް ފެށުނީ ހިންދޫގެ އަޅުކަމަކަށް ދަތުރު ކުރި ޓްރެއިން އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 59 މީހުން މަރުވި ހާދިސާ އަށް ފަހު އެވެ.
އިނގިރޭސި ވިލާތުގެ ތަހުގީގީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓްތަކާ ހަވާލާދީ ބީބީސީގެ ޑޮކިޔުމެންޓްރީން ބުނީ ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ދީގެން މޯދީގެ ސަރަހައްދީ ސަރުކާރުން ތިބީ ކަމަށެވެ.
ލޭ އޮހޮރުވަން ހުއްޓުވަން ގުޖުރާތުގެ ފުލުހުން މަސައްކަތް ކުރަން ފެށުމުން، ފުލުހުންގެ މަސައްކަތް މަޑުޖައްސާލަން މޯދީ މަސައްކަތް ކުރެއްވި ކަމަށް ބީބީސީގެ ޑޮކިޔުމެންޓްރީގައި ތުހުމަތުކޮށްފައި ވެއެވެ. ގުޖުރާތުގެ ލޭ އޮހޮރުވުމުގައި ގިނައިން މަރުވީ މުސްލިމުންނެވެ.
ބީބީސީގެ ޑޮކޔުމެންޓްރީ އާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ޑޮކިޔުމެންޓްރީ އަކީ ޕްރޮޕަގެންޑާއެއް ކަމަށެވެ.
"މި ޑޮކިޔުމެންޓްރީ އާއި އޭގައިވާ ކަންތައްތަކާއި މަގުސަދާއި އޭގެ ފަހަތުގައިވާ އެޖެންޑާއާ މެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ. އަދި މިފަދަ މަސައްކަތްތައް ގަދަރު ކުރަން އަޅުގަނޑުމެން ބޭނުމެއް ނޫން،" ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮކިޔުމެންޓްރީގައި ހުރި ކަންކަމަކީ އެއް ވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށެވެ.
މިކަމާ ބެހޭގޮތުން ބީބީސީގެ ތަރުޖަމާން ބުނީ ޑޮކިޔުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ދިސާކުރެވިގެން ކަމަށެވެ.
"އަހަރެމެން އެދުނިން މިކަންކަމާ ބެހޭގޮތުން އިންޑިއާގެ ސަރުކާރުން ކޮމެންޓް ކުރަން. އެކަމަކު އަހަރެމެން ދިން ދައުވަތަށް އެ ފަރާތުން އިޖާބައެއް ނުދިން،" ބީބީސީގެ ތަރުޖަމާން އަލް ޖަޒީރާގައި ބުންޏެވެ.
އިންޑިއާގައި ބީބީސީ މަނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އިންޑިއާ-ޗައިނާ، ވާދަވެރިކަން ދޫކޮށް ބައިވެރިންނަށް!
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ
ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މޯދީ ފުރާވަޑައިގެންފި
މޯދީ އެމްޑީޕީގެ ވެރިންނާ ބައްދަލުކުރައްވައިފި