26 ޖެނުއަރީ 2023
އޮސްމާނޭ ޑެމްބެލޭގެ ހަމައެކަނި ގޯލުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.
އޮސްމާނޭ ޑެމްބެލޭގެ ހަމައެކަނި ގޯލުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.
ކޯޗު ޒަވީ ހެނާންޑޭޒްގެ 43 ވަނަ އުފަން ދުވަހު ޓީމު މޮޅުކޮށްދިން ޑެމްބެލޭ އަކީ އަނިޔާގެ ސަބަބުން މިދިޔަ ދެ ތިން އަހަރެއްގައި ގެއްލިފައި ހުރި އެކަމަކު ޒަވީގެ ފުރިހަމަ އިތުބާރު އޮތް ކުޅުންތެރިޔެކެވެ. ފްރާންސް ފޯވާޑް އަންނަނީ ޒަވީގެ ކޯޗުކަމުގައި މޮޅަށް ކުޅެމުންނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ދިން ބޯޅަ ހާފުގެ މެދަކާ ހަމައިން ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ޑެމްބެލޭ އެ ބޯޅަ ގޯލަށް ވައްދާލީ ހަނި އޭންގަލުން ޖަހަ އެވެ. އެ ބޯޅަ ދިފާއުކުރަން ސޮސިއެޑާޑްގެ ގޯލްކީޕަރު އެލެކްސް ރެމީރޯ މަސައްކަތްކުރި ނަމަވެސް ބޯޅައިގެ ބާރު މިން ހުރިވަރުން އޭނާގެ އަތުގައި ޖެހިފައި ތަތްވީ ދާގަނޑުގަ އެވެ.
ކުއާޓާގައި ރޭ އިތުރު ވަގުތު ކުޅެގެން ސެވިއްޔާ 2-1 އިން ބަލިކޮށް އޮސަސޫނާ އިން ވެސް ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ.
ކުއާޓާގައި މިރޭ އޮންނާނީ ވެލެންސިއާ އިން އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުގައި ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ނުހޮވި ޔުރޮޕާ ލީގަށް ދިޔަ ނަމަވެސް ސްޕެއިނުގައި ބާސެލޯނާ އަށް އަދި މިއީ ކާމިޔާބު ސީޒަނެކެވެ. ވާދަވެރި މެޑްރިޑް 3-1 އިން ބަލިކޮށް ދާދި ފަހުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި ބާސެލޯނާ އޮތީ ސްޕެނިޝް ލީގުގެ ވެސް އެއް ވަނައިގަ އެވެ.
ބެންޒެމާގެ ހެޓްރިކުން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް
ބާސާ އޮތީ ހޮސްޕިޓަލުގައި، ފޭވަރިޓުންނަކީ ރެއާލް: ޒަވީ
ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ބާސާ ހޯދައިފި
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް
ފަހަތުން އަރައި މޮޅުވެ ބާސެލޯނާ ސެމީ އަށް
މެސީގެ ގޯލާ އެކު ބާސެލޯނާ ކުއާޓާ އަށް
ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި
ބާސެލޯނާ އާއި ރެއާލް ސްޕެނިޝް ކަޕުގައި ކުރިއަށް
ވެލެންސިއާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި
މެޑްރިޑް ބަލިކޮށް ބާސެލޯނާ ފައިނަލަށް