04 ފެބުރުއަރީ 2021
ބާސެލޯނާ (ފެބްރުއަރީ 4) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކުއާޓާ ފައިނަލުގައި ރޭ ފަހު ވަގުތު ފަހަތުން އަރައި 5-3 އިން ގްރަނާޑާ ބަލިކޮށް ބާސެލޯނާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ބާސެލޯނާ (ފެބްރުއަރީ 4) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ކުއާޓާ ފައިނަލުގައި ރޭ ފަހު ވަގުތު ފަހަތުން އަރައި 5-3 އިން ގްރަނާޑާ ބަލިކޮށް ބާސެލޯނާ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ރޭގެ މެޗުގެ 88 ވަނަ މިނިޓާ ހަަމަ އަށް ގްރަނާޑާ ދެ ގޯލުގެ ލީޑެއްގައި އޮތެވެ. ބާސެލޯނާ އިން ފަހު ވަގުތު ދެ ގޯލު ޖަހައި އެއްވަރުކޮށް ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގަ އެވެ.
މެޗު ފެށިގެން ފުރަތަމަ ހާފުގައި ކެނެޑީގެ ގޯލުން ގްރަނާޑާ ލީޑުނެގިއިރު، ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި ރޮބާޓޯ ސޮލްޑާޑޯ ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. ބާސެލޯނާ އިން މެޗުގެ ތެރެއަށް ވަންނަން އުއްމީދެއް ހޯދީ 88 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލުންނެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ޖޯޑީ އަލްބާ އެވެ. ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ބާސެލޯނާގެ އަނެއް ތިން ގޯލު ޖެހީ ގްރީޒްމަން އާއި އަލްބާގެ އިތުރުން ފަހަކަށް އައިސް ރަނގަޅު ގޯލު ޖެހުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެވެ.
ގްރީޒްމަން ބުނީ މިއީ ކުޅުންތެރިންގެ ކޮންފިޑެންސަށް ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.
ބާސެލޯނާ އިން ވަނީ 2014 އިން 2019 އަށް ހުރިހާ ސީޒަނެއްގައި ސްޕެނިޝް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓީ އެތުލެޓިކް ބިލްބާއޯ އަތުންނެވެ.
ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވާ ޓީމުތަކަކީ ބާސެލޯނާގެ އިތުރުން ލެވަންޓޭ އާއި ސެވިއްޔާ އެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ މިރޭ ރެއާލް ބެޓިސް އާއި ބިލްބާއޯ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ސެވިއްޔާ ކަޓުވާލައި ބާސެލޯނާ ފައިނަލަށް
މެސީގެ ގޯލާ އެކު ބާސެލޯނާ ކުއާޓާ އަށް
ރެއާލް މެޑްރިޑާއި ބާސެލޯނާ ކަޓައިފި
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ހަތަރުވަނަ ޑިވިޝަންގެ ޓީމެއް އަތުން ބާސާއަށް ހަނިމޮޅެއް
ބެންޒެމާގެ ހެޓްރިކުން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް
ރެއާލް ބަލިކުރެވުނަސް ކުޅުމާމެދު ޒަވީ ހިތްހަމަނުޖެހޭ
ބާސާ އޮތީ ހޮސްޕިޓަލުގައި، ފޭވަރިޓުންނަކީ ރެއާލް: ޒަވީ
ޑެމްބެލޭގެ ގޯލުން ބާސެލޯނާ ސްޕެނިޝް ކަޕުގެ ސެމީ އަށް
ސްޕެނިޝް ކަޕުން ބާސެލޯނާ ސަލާމަތްވީ ކިރިޔާ