02 މާޗް 2023
މެޑްރިޑް (މާޗް 2) - ބާސެލޯނާ އަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި އެ ޓީމު އޮތީ ހޮސްޕިޓަލުގައި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ސިފަކޮށްފި އެވެ.
މެޑްރިޑް (މާޗް 2) - ބާސެލޯނާ އަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި އެ ޓީމު އޮތީ ހޮސްޕިޓަލުގައި ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ސިފަކޮށްފި އެވެ.
ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި މިރޭ، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަަށް ނުކުންނައިރު ބާސެލޯނާ އަށް އޮތް އަނިޔާގެ މައްސަލަތަކުން އަރައެއް ނުގަނެވެ އެވެ. ރޮބަޓް ލެވަންޑޯސްކީ އާއި ޕެޑްރީ ގޮންޒާލޭޒް އަދި އުސްމާން ޑެމްބެލޭ އަށް ވަނީ އަނިޔާވެފަ އެވެ. މުހިންމު ތިން ކުޅުންތެރިންނަށް އަނިޔާވެފައިވާ ވަގުތެއްގައި ޒަބީ ބުނީ މިރޭގެ މެޗުގައި ފޭވަރިޓަކީ ރެއާލް ކަމަށެވެ.
ރެއާލް އަށް ވެސް ވަނީ އަނިޔާގެ ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގައި ރެއާލް ބަލިކޮށް ބާސެލޯނާ އިން ތަށި ވެސް ހޯދި އެވެ. އެކަމަކު ޒަވީ ބުނީ އުނދަގޫ ހާލަތުގައި ވެސް ރެއާލް އަކީ ނަތީޖާ ނެރޭ ޓީމެއް ކަމަށެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި ދާދި ފަހުން ލިވަޕޫލުގެ ދަނޑުގައި އެ ޓީމުން ދެ ލަނޑު ޖަހައިފައި ވަނިކޮށް ރެއާލުން ފަހަތުން އަރައި ފަސް ލަނޑު ޖެހިކަން ޒަވީ ފާހަގަ ކުރި އެވެ.
އަނިޔާގެ މައްސަލަތަކުގެ ތެރޭގައި، ބާސެލޯނާ ވަނީ ޔޫރޮޕާ ލީގުން ކަޓައިފަ އެވެ. މިރޭ ގެ މެޗުން ބަލިވެއްޖެނަމަ އެ ޓީމުން ސްޕެނިޝް ކަޕުން ވެސް ކަޓާނެ އެވެ. އެންމެ ފަހުން އަލްމޭރިއާ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބާސެލޯނާ ބަލިވި އެވެ. އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް އަތުން ވެސް ބަލިވި އެވެ.
"އެ ދެ މެޗުގެ ނަތީޖާ އަހަންނަށް ހައިރާން ކަމެއް ނުގެނުވާ. އަހަންނަށް އެނގޭ ކްލަބްގެ ހާލަތު،" ޔުނައިޓެޑާއި އަލްމޭރިއާ އަތުން ބަލިވި ދެ މެޗަށް އިޝާރާތްކޮށް ޒަވީ ބުންޏެވެ.
"އެންމެ ފަހުން ކުޅުނު ދެ މެޗަށް ބަލައިފިނަމަ އަހަރެމެން ތިބީ ހޮސްޕިޓަލުގައި. އެކަމަކު ޖުމުލަކޮށް ބަލައިފިނަމަ އަހަރެމެންގެ ހާލަތު ރަނގަޅު. ސްޕެނިޝް ލީގުގައި ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެންމެ ކުރީގައި ޓީމު އޮތީ. ކަޕްގެ ސެމީ ފައިނަލަށް ވަނީ ގޮސްފައި. ސުޕަ ކަޕްގެ ތަށި ހޯދިން. ޔޫރަޕްގެ މުބާރާތްތަކުގެ ނަތީޖާ ފިޔަވައި ޖުމްލަކޮށް ރަނގަޅު."
ޒަވީ ބުނީ އަނިޔާގެ މައްސަލަތައް ހުރި ނަމަވެސް މިރޭގެ މެޗުގައި ވެސް ރެއާލް އާ ވާދަކުރެވޭނެ ފެންވަރު އޭނާގެ ޓީމުގައި އެބަ ހުރި ކަމަށެވެ.
"ވަރުގަދަކަން އެބަހުރި. އެކަމަކު މިވަގުތު ފޭވަރިޓް ޓީމަކީ ރެއާލް،" ޒަވީ ބުންޏެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.
ގާތްގާތުގައި ދެ ކްލަސިކޯ ކުޅެން އުނދަގޫ: ވަލްވޭޑޭ
ރެއާލާ ދެކޮޅަށް މެސީ ކުޅެފާނެ: ވަލްވޭޑޭ
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ކުޅުންތެރިން ޑިވެލޮޕްކުރަން ބާސާއަށްވުރެ ރެއާލް ރަނގަޅު
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
އެލް ކްލެސިކޯ ރެއާލް އަށް، ނުފޫޒުގަދައީ ބެލިންހަމް
ވިނީޝިއުސްއާ ދިމާކުރުމުން ޕެރޭޒްގެ ދަތުރު ކެންސަލްކޮށްފި
ބެންޒެމާގެ ހެޓްރިކުން ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް