ކޮލަމްބޯ (ޖެނުއަރީ 22) - ފުޓްބޯޅައިގެ ހަރަކާތްތަކުން ސްރީ ލަންކާ ސަސްޕެންޑް ކޮށްފި އެވެ.
ކޮލަމްބޯ (ޖެނުއަރީ 22) - ފުޓްބޯޅައިގެ ހަރަކާތްތަކުން ސްރީ ލަންކާ ސަސްޕެންޑް ކޮށްފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ލަންކާ ސަސްޕެންޑް ކުރުމަށް ނިންމީ، ތިންވަނަ ފަރާތެއްގެ ނުފޫޒު ވެދެފައިވާ ކަމަށް ބުނެ އެވެ. އެއީ ލަންކާގެ ސްޕޯޓްސް މިނިސްޓްރީން އެކުލަވާލި ގަވާއިދުގެ ސަބަބުން ސްރީލަންކާ ފެޑެރޭޝަންގެ މިނިވަންކަމަށް އަސަރު ކުރާތީ އެވެ.
ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު މި މަހު ވަނީ ބާއްވާފަ އެވެ. އެކަމަކު އެ އިންތިހާބު ބާއްވާފައި ވަނީ ފީފާ އާއި އޭއެފްސީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެފްއެފްއެސްއެލްގެ ޗެއާމަންކަމަށް ވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރުގެ ރޯޝަން ރަނަސިންހްގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ މަޖިލިސް މެންބަރު ޖޭ ސްރީ ރަންގާ އެވެ.
ތުހުމަތު ކުރެވިފައި ވަނީ ރަންގާ ރައިސް ކަމަށް ހޮވުމަށް ލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ.
ފީފާއިން މިއަދު އިއުލާން ކުރީ އެ އިދާރާގެ ކޮންގްރެސް އަންނަން ދެން ލަންކާ ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަސްޕެންޝަނާ ބެހޭގޮތުން އިތުރު ގޮތެއް ދެން ނިންމާނީ އެންމެ އަވަހަށް އޮންނަ ފީފާގެ ކޮންގްރެސްއިންނެވެ.
ފީފާގެ ކޮންގްރެސް މާޗް މަހު ރްވާންޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ލަންކާ ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން އެ ގައުމުގެ ގައުމީ ޓީމަކަށް އަދި ކްލަބަކަށް ވެސް އިންޓަނޭޝަނަލް އެއްވެސް މުބާރަތެއްގައި ބައިވެރި ނުވެވޭނެ އެވެ. އަދި އޭއެފްސީ އާއި ފީފާގެ ބައްދަލުވުމެއްގައި ވެސް ލަންކާ އަށް ތަމްސީލު ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
ލަންކާ ކޯޗުގެ ތައުރީފު ދިވެހި ސަޕޯޓަރުންނަށް
"ލަންކާއަކީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެެއް"
ފައިނަލް މެޗަށް ފީފާގެ ރައީސް ލަންކާ އަށް
ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
އިނާޔަތްތައް ކަނޑާލާތީ ރާޖަޕަކްސަ ގަނޑުވަރު ދޫކޮށްލަނީ
އިތުރަށް ރަނގަޅުކުރަން ކެތްތެރިކަން ބޭނުންވޭ: މޯހަން
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ހަނގުރާމައިގެ ޖަރީމާ އެހެން ބަޔަކަށް ނުބެލޭނެ: ލަންކާ
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހު ނިންމާލަނީ