ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެއީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެއް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
03 ސެޕްޓެމްބަރ 2025
ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި އެއީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެއް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ރާއްޖެއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ ދެ މެޗަކީ، ދިވެހި ޓީމުގެ ކޯޗު ކަމާ މިދިޔަ މަހު ފަހުކޮޅު ހަވާލުވި މޯހަން ފުރަތަމަ ޗެލެންޖެވެ.
އޭނާ ބުނީ ލަންކާގެ ފުޓްބޯޅަ އަށް އައި އެންމެ ބޮޑު ބަދަލަކީ ގައުމުން ބޭރުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނާއި އެހެން ގައުމުތަކަށް ނިސްބަތްވާ ލަންކާ ދަރިކޮޅު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅެން ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
އެ ގައުމުގެ މިހާރު ޓީމުގެ ބައެއް ކުޅުންތެރިންނަކީ އިނގިރޭސިވިލާތުގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ލަންކާ ދަރިކޮޅުގެ ކުޅުންތެރިންނެވެ.
މޯހަން ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުގައި ވެސް ރަށްވެހިކަން ދީގެން އަލަށް ދެ ކުޅުންތެރިޔަކު ލަންކާގެ ގައުމީ ޓީމަށް ކުޅެން ފަށާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ލަންކާ ފުޓްބޯޅަ ވަރަށް ބޮޑަށް ބަދަލުވެއްޖެ. ލަންކާއިން ބޭރުގައި ކުޅޭ ކުޅުންތެރިން ނެޗްރަލައިޒްކޮށްގެން އެބަކުޅޭ މިފަހަރު ވެސް ދެ ކުޅުންތެރިޔަކަށް އަލަށް ފުރުސަތު އެބަދޭ ނެޗްރަލައިޒް އުސޫލުން،" މޯހަން ވާހަކަ ދެއްކި އެވެ.
"ލަންކާއަކީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެކޭ ކިޔަން ޖެހޭނީ. ގައުމުން ބޭރުގައި ގަވާއިދުން ކުޅޭ ކުޅުންތެރިންނާ އެކު. އޭގެ ސަބަބުން ލަންކާގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރައިގެން ދާތަން އެބަ ފެނޭ. އެއީ އަޅުގަނޑުމެންނަށް އިންނާނެ ވަރަށް ބޮޑު ޗެލެންޖެއް،" މޯހަން ބުންޏެވެ.
ލަންކާގެ ކޯޗު ކުވައިތުގެ އަބްދުﷲ އަލް މުތައިރީ ބުނެފައި ވަނީ ރާއްޖެއަކީ އަދިވެސް އިންޑިއާ ނެގުމަށް ފަހު މި ސަރަހައްދުގައި އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
ކުރިން ނޭޕާލް ގޮވައިގެން ނުކުމެ ރާއްޖޭގެ މައްޗަށް ކާމިޔާބު ހޯދި މުތައިރީގެ އެ ވާހަކަތަކާ ގުޅިގެން މޯހަން ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް އޭނާ އަދާކުރި އިހްތިރާމް ބަލައިގަންނަ ކަމަށެވެ.
އެކަމަކު މިދިޔަ ދެތިން އަހަރުތެރޭ ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިމަތިވީ ހާލަތު މުތައިރީ އަށް ނޭނގި އޮތުމަކީ ވެދާނެ ކަމެއް ކަމަށް މޯހަން ބުންޏެވެ.
ތަޖުރިބާކާރު ކޯޗު ބުނި ގޮތުގައި މިދިޔަ ދެތިން އަހަރުތެރޭ ސަރަހައްދުގެ އެހެން ޓީމުތަކުން ކުރިއެރުން ހޯދި އިރު ރާއްޖޭގެ ފުޓްބޯޅަ ދިޔައީ ފަހަތަށެވެ.
"ހަގީގަތަކީ ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގައި އަޅުގަނޑުމެންގެ ފުޓްބޯޅަ އިން ހާލަތަށް ވުރެ ކުޑަކުޑަކޮށް ދަށަށް ގޮސްފަ، އެހެން ގައުމުތަކުގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅަށޭ ގޮއްސަ މިއިނީ މިދިޔަ ދެތިން އަހަރެއްގައި. އެއީ ވަރަށް ބޮޑު ބަދަލެއް ތިން އަހަރު ހަތަރު އަހަރެއްގައި އައިސްފައި އިން،" މޯހަން ބުންޏެވެ.
"ފަހަރެއްގައި އަޅުގަނޑުމެން ފުޓްބޯޅައިގެ ހާލަތު މިދިޔަ ދެތިން އަހަރެއްގައި އިން ގޮތް ލައްކާގެ ކޯޗަށް ނެނގި އިނދެ ދާނެ."
ލަންކާގެ ފުޓްބޯޅަ އަށް އައި އަނެއް ބަދަލަކީ ތިރިން ބޯޅަ ކުޅުމެވެ. އެއީ ރާއްޖެ އަށް ވެސް އެ ގައުމާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ސަބަބެއް ކަމަށް ވެސް މޯހަން ބުންޏެވެ.
ތިރިން ފުޓްބޯޅަ ކުޅުމަކީ އަޅުގަނޑުމެންނަށް އޮތް ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ ފިޒީކަށް ބަލާއިރު ތިރިން ބޯޅަ ކުޅުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ހިތްހަމަޖެހުމެއް ހަގީގަތުގައި،" އޭނާ ބުންޏެވެ.
މެޗަށް ތައްޔާރު ވާން ލިބުނު ކުރު މުއްދަތުގައި ކުޅުންތެރިން ކުރި މަސައްކަތާ އެކު ލަންކާ އަތުން މޮޅު ވެވޭނެ ކަމުގެ އުއްމީދު މޯހަން އާ ކުރި އެވެ.
ރާއްޖޭން އެންމެ ފަހުން ލަންކާއާ ދެކޮޅަށް ނުކުތީ ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނުގައި ކުޅުނު ގުރޫޕް ސްޓޭޖް މެޗުގަ އެވެ. އެ މެޗު ރާއްޖޭން ކާމިޔާބު ކުރީ 1-0 ންނެވެ.
ލަންކާގެ ފަސްގަނޑުގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން އެންމެ ފަހުން މެޗެއް ކުޅުނީ ޑިސެމްބަރު 2021 ގަ އެވެ. އެއީ ގައުމުގައި ބޭއްވި ރާޖަޕަކްސަ އިންވިޓޭޝަނަލް މުބާރާތުގަ އެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެއީ މޮރިއޭރޯގެ ކޯޗުކަމުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗެވެ.
އެ މެޗު ވެސް ކުޅުނީ ކޮލަމްބޯގެ ރޭސްކޯސް ދަނޑުގަ އެވެ. މިފަހަރު ލަންކާއާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ކުޅޭނީ އެ ދަނޑުގަ އެވެ.
އިތުރަށް ރަނގަޅުކުރަން ކެތްތެރިކަން ބޭނުންވޭ: މޯހަން
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
ލަންކާ ކޯޗުގެ ތައުރީފު ދިވެހި ސަޕޯޓަރުންނަށް
އިލާން، ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ
ލަންކާގައި އުޅޭ ދިވެހިންނަށް 1 އަހަރުގެ މެޑިކަލް ވިސާ
ލަންކާއަށް ނުރައްކާ އޮތް ލިސްޓުން ރާއްޖެ އުނިކޮށްފި
ސްރީ ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގެންފި
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ލަންކާގައި އިންވެސްޓުކުރަން ދިވެހިންނަށް ދައުވަތު