14 ޖެނުއަރީ 2023
މެންޗެސްޓާ (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީ ގައި، މެންވެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ތާވަލްގެ ތިން ވަނައަށް ޖެހިލައިފި އެވެ.
މެންޗެސްޓާ (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީ ގައި، މެންވެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ތާވަލްގެ ތިން ވަނައަށް ޖެހިލައިފި އެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑުން ތިން ވަނައަށް ޖެހިލީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 18 މެޗުން ހޯދި 39 ޕޮއިންޓާ އެކު އެވެ. އަދި މިއާ އެކު 18 މެޗުން 35 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލް ވަނީ 17 މެޗުން 44 ޕޮއިންޓް ހޯދައިފަ އެވެ.
އޯލްޑް ޓްރެފޯޑް ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑްގެ ފަރާތުން ނުރައްކާތެރި ދެ އެޓޭކެއް ފެނުނެވެ. އެންމެ ފުރަތަމަ ގޯލްކީޕަރު ކައިރިން ނައްޓާފައި އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރީ މެނުއެލް އަކަންޖީ އެވެ. ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިފާއު ކުރީ ކީޕަރު އެޑަސަން މޯރެސް އެވެ.
ގްރީލިޝް ސިޓީ އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 60 ވަނަ މިނިޓުގައި ސިޓީ އިން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެކް ގްރީލިޝް ޖެހި ގޯލުންނެވެ. ކެވިން ޑިބްރޭނާ ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން އޭނާ މި ލަނޑު ޖެހީ ކުޅެން އެރިތާ ތިން މިނިޓު ތެރޭގަ އެވެ.
ސިޓީ އަށް ލީޑު ނަގައިދޭން ގްރީލިޝް ފޮނުވާލި ބޯޅައަކީ، އެފްއޭ ކަޕް ގައި ޗެލްސީ ބަލިކުރި މެޗަށް ފަހު އެޓީމުން އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ފުރަތަމަ ހަމަލާއެވެ. އަދި މިއީ އެޓީމުން މި މެޗުގައި ވެސް ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އެވެ.
ޔުނައިޓެޑުން އެއްވަރުކުރީ 78 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުންނެވެ. ކާލޯސް ކަސެމީރޯ، ރަޝްފޯޑަށް ބޯޅަ ޖައްސާލި އިރު ރަޝްފޯޑް ހުރީ އޮފްސައިޑްގަ އެވެ. ރަޝްފޯޑް ބޯޅަ ކަވަރު ކުރަން ބޯޅަ ފަހަތުން ދުވުމުން އެންމެ ފުރަތަމަ އެ ގޯލު ބަލައި ނުގަތް ނަމަވެސް ރަޝްފޯޑް ބޯޅައިގައި ފައި ނުޖައްސާތީ ވީއޭއާރުން ނިންމީ އެ ގޯލު ބަލައިގަންނާށެވެ.
ފެނާންޑޭޒް، ޔުނައިޓެޑަށް އެއްވަރު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މި މެޗުން ޔުނައިޓެޑް މޮޅު ކޮށްދިން ގޯލު ޖެހީ ރަޝްފޯޑެވެ. އޭނާ މި ލަނޑު ޖެހީ 82 ވަނަ މިނިޓުގައި ގޯލު ކުރިމަތީ މުޅިން ހުސްކޮށް ދޫކޮށްލާފައި ހުއްޓާ އަލެހަންދްރޯ ގާނާޗޯ ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް ކީޕަރުގެ ފައި ދޭތެރެއިން ގޯލަށް ފޮނުވާލައިގެންނެވެ.
ޔުނައިޓެޑް ވަނީ އެޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅު ވެފަ އެވެ. މި ހަތް މެޗުގައި ވެސް ރަޝްފޯޑް ގޯލު ޖެހިއިރު، މި ހަތް މެޗުން އޭނާ ވަނީ މުޅިއެކު އަށް ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން މިރޭގެ ގޯލާ އެކު ރަޝްފޯޑް ވަނީ އެންމެ ފަހުން އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ނުވަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.
މި ސީޒަންގެ ފުރަތަމަ މެންޗެސްޓާ ޑާބީ ކުޅުނީ ޕްރިމިއާ ލީގުގައި މިދިޔަ އޮކްޓޫބަރު މަހު ސިޓީގެ ދަނޑުގަ އެވެ. އެ މެޗު 6-3 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ސިޓީ އެވެ. ނަމަވެސް މި ފަހުން ފޯމު ދަށްވެފައިވާ ސިޓީ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ބަލި ވެފަ އެވެ.
މި މެޗްގެ ކުރިން ސިޓީ ވަނީ ސައުތެމްޓަން އަތުން ބަލި ވެގެން އިނގިރޭސި ލީގް ކަޕުން ކަޓައިފަ އެވެ. އޭގެ ކުރިން އެފްއޭ ކަޕާއި ލީގުގައި ޗެލްސީ ބަލި ކުރި ނަމަވެސް، ރެލިގޭޝަންގެ ބިރު ހީވެފައިވާ އެވަޓަން އާ ދެކޮޅަށް ލީގުގައި ސިޓީ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ތަރިންނަށް ރެސްޓްދީ ލޫޓަން ރޫޅާލައި ސިޓީން އެއްވަނައަށް
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
ސްނައިޕަރު ފޮޑެން، ޔުނައިޓެޑް ބިމާހަމަކޮށްލައިފި
ކޮޅަށްތެދުވަން ޔުނައިޓެޑުން އެފެށީ ސިޓީ ކޮޕީކޮށްގެން
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
މިއީ އަހަންނަށް އެންމެ ގޯސް ދުވަސް: ޓެންހަގް
އެކަކަ މަދުކޮށް ކުޅުނު އިރުވެސް ސިޓީ ނުހުއްޓުވުނު
ޔުނައިޓެޑް ބަލި، ވާދަވެރި ލިވަޕޫލާއި ސިޓީ ގަދަ