09 ޖެނުއަރީ 2023
ބާސެލޯނާ (ޖެނުއަރީ 9) - އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބުކޮށް ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ބާސާއިން ލީޑް ފުޅާކޮށްފި އެވެ.
ބާސެލޯނާ (ޖެނުއަރީ 9) - އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބުކޮށް ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ބާސާއިން ލީޑް ފުޅާކޮށްފި އެވެ.
މެޗުގެ ފަހު ވަގުތު ދެ ޓީމުގެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ ބާސާގެ ފެރާން ޓޯރޭޒް އާއި އެތުލެޓިކޯގެ ސްޓެފަން ސަވިޗް ހިންގި ހަމަނުޖެހުމުގައި ދެ ކުޅުންތެރިންނަށް ވެސް ރެފްރީ ރަތް ކާޑު ދައްކައި ދަނޑު ފޮނުވާލި އެވެ. އޭރު މެޗުގެ 90 މިނެޓް ހަމަވެގެން ދެއްކި އިތުރު ވަގުތު ނިމެން ވެސް އިނީ މަދު ވަގުތު ކޮޅެކެވެ.
ފުރަތަމަ ހާފްގައި ބާސާއިން ލީޑް ނެގި އެވެ. މެޗުގެ 22 ވަނަ މިނެޓްގައި އެ ލަނޑު އުސްމާން ޑެމްބެލޭ ޖެހީ ޕަބެލޯ މާޓިން ގަވީ ދިން ބޯޅައިންނެވެ.
ބާސާގެ ލަނޑު ޖެހުމަށް ފަހު އުސްމާން ޑެމްބެލޭ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
އެ ގޯލް ޖެހުމުގައި ހިއްސާވި އަނެއް ކުޅުންތެރިޔަކީ ޕެޑްރީ ގޮންޒާލޭޒް އެވެ. ގަވީ އަށް ބޯޅަ ފަހިކޮށް ދިނީ ޕެޑްރޯ އެވެ. އޭނާ ބުނީ އެ ގޯލްގެ ކްރެޑިޓް ކޯޗު ޒަވީ ހެނާންޑޭޒް އަށް ހައްގު ކަމަށެވެ. އޭނާ ބުނީ ހަމަލާ އުފެއްދުމުގައި ގޯލް ކައިރިން އޭނާ ގިނަ ވަގުތު އުޅުމަށް ޒަވީ ބާރު އަޅާ ކަމަށެވެ.
"އަހަންނަށް ފެނުނު އޮތް ޖާގަ. ދެން އެތަނުގައި އޮތް ގަވީ އިނީމަ އޭނަ އަށް ދިން ބޯޅަ ފަހިކޮށް ދިނުމުން ޑެމްބެލޭ އަށް މަގުފަހިވީ،" ޕެޑްރޯ ބުންޏެވެ.
މެޗުން މޮޅުވެ ބާސާ އެއްވަނައިގައި ދެމިއޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ހޮނިހިރު ދުވަހުގެ ރޭ ވިޔަރެއާލް އަތުން ބަލިވި ރެއާލް މެޑްރިޑް އޮތީ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތީ ރެއާލް ސޮސިއެޑާޑް އާއި ރެއާލް ބެޓިސްގެ ފަހަތުން އެތުލެޓިކޯ އޮތީ ފަސްވަނައިގަ އެވެ.
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
ބާސާ މޮޅުކޮށްދިނީ ލެވަންޑޯސްކީ، އެތުލެޓިކޯ ބަލިވެއްޖެ
ލެވަންޑޯސްކީގެ ދެ ލަނޑާއެކު ބާސާ މޮޅުވެއްޖެ
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސާ ހަތަރަކަށް
ބާސާ ބަލިކުރުމަށް ފަހު ސުއަރޭޒް މާފަށް އެދިއްޖެ
އެތުލެޓިކޯ ބާސާ އެއްވަރުވެ ރެއާލްއަށް ހިތްހަމަޖެހުން