30 އޮކްޓޯބަރ 2022
ވެލެންސިއާ (އޮކްޓޫބަރު 30) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑުން 1-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.
ވެލެންސިއާ (އޮކްޓޫބަރު 30) - ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް، އިތުރު ވަގުތުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ލަނޑުން 1-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.
މި މެޗާ އެކު ބާސެލޯނާ ވަނީ އެއް މެޗު އިތުރަށް ކުޅެގެން ޗެމްޕިއަން ރެއާލް މެޑްރިޑާ އެއްވަރަށް 31 ޕޮއިންޓް ހަމަކޮށްގެން ވަގުތީ ގޮތުން އެއް ވަނައަށް ޖެހިލައިފަ އެވެ. ރެއާލުން އެ ޓީމުގެ 12 ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ގިރޯނާއާ ދެކޮޅަށް ކުޅޭނެ އެވެ.
ބާސެލޯނާ މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ލެވަންޑޯސްކީ ޖެހީ ރަފީނިއާ ނަގައިދިން ހުރަހަކުންނެވެ.
މިއީ ލެވަންޑޯސްކީ ލަލީގާ ގައި މި ސީޒަންގައި ޖެހި 13 ވަނަ ލަނޑެވެ. އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ބާސެލޯނާއަށް 18 ގޯލު ޖަހައިދީފަ އެވެ.
ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި ވެލެންސިއާ އިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ އެ ގޯލު ބަލައި ނުގަތީ، ބޯޅަ ގޯލަށް ފޮނުވާލި ސެމުއެލް ލިނޯ އަށް ބޯޅަ ލިބުމުގެ ކުރިން މާކޮސް އަންޑްރޭ އަތުން ބޯޅައިގައި ޖައްސާފައި ވުމުންނެވެ.
ބާސެލޯނާ އިން ލަނޑު ޖެހުމުގެ ކުރިން މެޗުގައި ފެރާން ޓޮރޭޒް އަށް ލީޑު ހޯދަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. އަދި ފުރަތަމަ ހާފުގައި އަންސޫ ފާޓީ އާއި ލެނަންޑޯސްކީ އަށް ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ފުރުސަތު ލިބު ނާކާމިޔާބު ވެފަ އެވެ.
ކާޑީޒް އިން މޮޅުވި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ލަލީގާ ގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ރެލިގޭޝަން ޒޯނުގައި އޮތް ކާޑީޒް އަތުން 3-2 އިން ބަލިވެފަ އެވެ.
ކާޑީޒް އިން މެޗު ފެށީ ވެސް ގޯލަކުންނެވެ. މެޗުގެ 27 ވަނަ ސިކުންތުގައި އެޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ތެއޯ ބޮންގޮންޑާ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިނީ އެލެކްސް ފެނާންޑޭޒް އެވެ.
އެއަށް ފަހު އެތުލެޓިކޯ އިން ނަތީޖާ އެއްވަރު ވެސް ކުރި އެވެ. މެޗުގެ 85 ވަނަ މިނިޓުގައި ޔާއޯ ފެލިކްސް ބައިސިކަލް ކިކަކުން ފޮނުވާލި ހަމަލާ ކާޑީޒް ކުޅުންތެރިއެއް ފައިގައި ޖެހިފައި ގޯލަށް ވަން އިރު، 89 ވަނަ މިނިޓުގައި ފެލިކްސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވެސް ނެރެން ޖެހުނީ ގޯލު ތެރެއިންނެވެ.
އިތުރު ވަގުތުގެ ގޮތުގައި ރެފްރީ އަށް މިނިޓު ދެއްކި އިރު، އެންމެ ފަހު ބޯޅައިގައި ކާޑީޒް މޮޅުކޮށްދިނީ ރުބެން ސޮބްރީނޯ އެވެ.
މި މޮޅާ އެކު ވެސް ކާޑީޒް އޮތީ 12 މެޗުން 10 ޕޮއިންޓް ހޯދައިގެން 18 ވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް އަދި އޮތީ 23 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. އެއް މެޗު މަދުން ކުޅެގެން 22 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި 20 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް ރެއާލް ބެޓިސް މިރޭ ބައްދަލުކުރާނެ އެވެ.
ސެވިއްޔާ ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބަލި ވެފަ އެވެ. ސެވިއްޔާ 17 ވަނައިގައި އޮތީ، ކާޑީޒް އާ އެއްވަރަށް 10 ޕޮއިންޓް ހޯދައިގެންނެވެ.
އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ވެސް ވަނީ މިދިޔަ ހަފްތާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗު ކާމިޔާބު ނުކުރެވި، މުބާރާތުން ކަޓައިފަ އެވެ. އެހެން ނަމަވެސް ބާސެލޯނާ އަށް ވަނީ ގުރޫޕްގެ ތިން ވަނަ އާއެކު ޔޫރޮޕާ ލީގުން ޖާގަ ޔަގީން ވެފަ އެވެ. އެކަމަކު އެތުލެޓިކޯ މެޑްރިޑް އަމިއްލަ ބާރުގައި ޔޫރޮޕާ ލީގުން ޖާގަ ހޯދަން މި ހަފްތާ ކުޅޭ މެޗުގައި ނަތީޖާ ނެރުން މުހިއްމެވެ.
ޗެމްޕިއަންސް ލީގުގައި ކުޅޭ ސެވިއްޔާ މިދިޔަ ހަފްތާގެ މެޗު ކާމިޔާބު ކުރި ނަމަވެސް އެޓީމަށް ވަނީ މުބާރާތުގެ ނޮކައުޓް ބުރުގެ ފުރުސަތު ގެއްލިފަ އެވެ. އެކަމަކު ބާސެލޯނާ އާއެކު ޔޫރޮޕާ ލީގު ނޮކައުޓް ބުރުން އެޓީމު ވަނީ ޖާގަ ޔަގީން ކޮށްފަ އެވެ.
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ފެލިކްސް އުފާފާޅުކުރުމުން އެތުލެޓިކޯގެ ސަޕޯޓަރުން ރަތަށް
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
ބާސާއަށް ލީޑް، ޓޯރޭޒް އާއި ސަވިޗަށް ރަތް ކާޑް
ލެވަންޑޯސްކީގެ މައްސަލަ: ކޯޓުގައި ވެސް ބާސާ ބަލިވެއްޖެ
ބާސާ އަށް މޮޅެއް، ލެވަންޑޯސްކީ 600 ގޯލު ހަމަކޮށްފި
ބާސާގެ މޮޅާއެކު ޒަވީ އަށް ރެކޯޑެއް