27 އެޕްރީލް 2023
މެޑްރިޑް (އޭޕްރީލް 27) - ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން 2-1 އިން ބަލިވެ ބާސެލޯނާ އިން އެއް ވަނައިގައި 14 ޕޮއިންޓަށް ލީޑު ފުޅާ ކޮށްލުމުގެ ފުރުސަތު ނަގާލި އިރު އެތުލެޓިކޯ މެޑްރިޑުން 3-1 އިން މަޔޯކާ ބަލިކޮށް ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ގާތަށް ޖެހިލައިފި އެވެ.
މެޑްރިޑް (އޭޕްރީލް 27) - ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން 2-1 އިން ބަލިވެ ބާސެލޯނާ އިން އެއް ވަނައިގައި 14 ޕޮއިންޓަށް ލީޑު ފުޅާ ކޮށްލުމުގެ ފުރުސަތު ނަގާލި އިރު އެތުލެޓިކޯ މެޑްރިޑުން 3-1 އިން މަޔޯކާ ބަލިކޮށް ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ގާތަށް ޖެހިލައިފި އެވެ.
ބާސެލޯނާ ވަނީ މި މެޗުގެ ކުރިން ލީގުގައި ވަރުގަދަ ފޯމެއްގައި އޮތް އެތުލެޓިކޯގެ މައްޗަށް ހަނި ގޮތަކަށް ކުރި ހޯދައިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު 31 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް 65 ޕޮއިންޓް ލިބިފައި ވާއިރު ތިން ވަނައިގައި އޮތް އެތުލެޓިކޯ ވަނީ 63 ޕޮއިންޓް ހޯދައިފަ އެވެ. ރެއާލް ވަނީ އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ގިރޯނާ އަތުން ބަލިވެފަ އެވެ.
ވަޔެކާނޯ އިން މެޗުގައި ފުރަތަމަ ގޯލު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ވަޔެކާނޯ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފުރަތަމަ ދެ ގޯލު ވެސް ޖެހީ އެ ޓީމުންނެވެ. ފުރަތަމަ ހާފުގައި އަލްވަރޯ ގާސިއާ ރިވޭރާ ލީޑު ނަގައިދިން ގޯލު ޖެހިއިރު ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާ ކޮށްދިނީ ފްރޭން ގާސިއާ އެވެ. ބާސެލޯނާގެ ހަމައެކަނި ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.
މިއީ ލެވަންޑޯސްކީ ލީގުގައި މިހާތަނަށް ޖަހައިދިން 18 ވަނަ ގޯލެވެ. ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް އޭނާ އެވެ. ނަމަވެސް މިއީ މި އަހަރު ފެށުނު ފަހުން މިހާތަނަށް ކުޅުނު 16 މެޗުން އޭނާ ކާމިޔާބު ކުރި ފަސް ވަނަ ގޯލެވެ.
އެތުލެޓިކޯ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކުރީ ފަހަތުން އަރައެވެ. މެޗުގެ 20 ވަނަ މިނިޓުގައި މަޔޯކާގެ މަޓީޖާ ނަސްޓަސިޗް ގޯލެއް ޖަހައި ލީޑު ނަގައިދީފައި ވަނިކޮށް އެއްވަރު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮޑްރިގޯ ޑި ޕޯލް ޖަހައިދިން ގޯލުންނެވެ.
އިއްޔެ އަކީ އެތުލެޓިކޯ މެޑްރިޑްގެ 120 ވަނަ އަހަރީ ދުވަހެވެ. އެ ޓީމުން މެޗު ކުޅުނީ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ނުލާއި ހުދުގެ ޖޯޒީއެއްގަ އެވެ.
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސާ ހަތަރަކަށް
އެތުލެޓިކޯ ބާސާ އެއްވަރުވެ ރެއާލްއަށް ހިތްހަމަޖެހުން
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ވިލިއަމްސްގެ ދެބެއިން ބާސެލޯނާ ކަޓުވާލައިފި
ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް
ރެއާލާއި ޖިރޯނާ ވެސް ފަހު ވަގުތު ފެންވަރު ދައްކާލައިފި