07 ޖެނުއަރީ 2023
ބްރެންޓްފޯޑް (ޖެނުއަރީ 7) - ކުރީގެ އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޯމިއޯ ބެކަމް ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބް ބްރެންޓްފޯޑާ ގުޅިއްޖެ އެވެ.
ބްރެންޓްފޯޑް (ޖެނުއަރީ 7) - ކުރީގެ އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޯމިއޯ ބެކަމް ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބް ބްރެންޓްފޯޑާ ގުޅިއްޖެ އެވެ.
މި ސީޒަންގެ ނިޔަލަށް ލޯނު އުސޫލުން ފޯވާޑް ރޯމިއޯ ގުޅުނީ ބްރެންޓްފޯޑްގެ ބީ ޓީމާ އެވެ.
ރޯމިއޯ ކުޅެމުން އަންނަނީ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި ވާދަކުރަމުން އަންނަ އޭނާގެ ބައްޕަ، ބެކަޕްގެ ހިއްސާ އޮންނަ އިންޓަ މިއާމީ ގެ ރިޒާވް ޓީމަށެވެ. އިންޓަ މިއާމީގެ ރިޒާވް ޓީމް ކުޅެމުން އަންނަނީ ތިންވަނަ ޑިވިޝަންގެ އެމްއެލްއެސް ނެކްސްޓް ޕްރޯ ލީގުގެ، އީސްޓާން ކޮންފަރެންސްގަ އެވެ.
އިންޓަ މިއާމީގެ ރިޒާވް ޓީމު މިދިޔަ ސީޒަން ނިންމާލީ އީސްޓާން ކޮންފަރެންސްގެ ލީގުގެ ހަވަނައިގަ އެވެ. ރޯމިއޯ ވަނީ މިދިޔަ ސީޒަން ގައި އެޓީމަށް ކުޅެދިން 20 މެޗުގައި ދެ ގޯލު ޖަހައި، 10 ގޯލު އެސިސްޓް ކޮށްދީފަ އެވެ. އޭނާ އަކީ ލީގުގައި އެންމެ ގިނަ އެސިސްޓް ކުރި ދެ ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
އެމްއެލްއެސް ނެކްސްޓް ޕްރޯ ގެ މިދިޔަ އަހަރުގެ ސީޒަން ނިމުމާ އެކު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ރޯމިއޯ އަންނަނީ ބްރެންޓްފޯޑްގެ ބީ ޓީމާ އެކު ތަމްރީނު ކުރަމުންނެވެ.
ބްރެންޓްފޯޑްގެ ބީ ޓީމާ ގުޅުމަށް ފަހު ރޯމިއޯ ބުނީ އޭނާ މިހުރީ އުފަލުން ކަމަށާއި، މިއީ އޭނާގެ ފެންވަރު ވަޒަން ކޮށްލަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށެވެ.
ބްރެންޓްފޯޑްގެ ބީ ޓީމުގެ ހެޑް ކޯޗު ނީލް މެކްފާލޭން ބުނީ، ރޯމިއޯ ޓީމާ އެކު ފަރިތަ ކުރަން ފެށީއްސުރެން ވެސް އޭނާ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ވެސް ގެންގުޅޭ އަހުލާގާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
އިންޓަ މިއާމީގެ އެކަޑަމީއާ 2021 ވަނަ އަހަރު ގުޅުމުގެ ކުރިން، ރޯމިއޯ ވަނީ، 2014/2015 ސީޒަން ގައި އާސެނަލްގެ އެކަޑަމީއާ އެކު ތަމްރީނު ކޮށްފަ އެވެ. ނަމަވެސް އެއަށް ފަހު ފުޓުބޯޅަ ކެރިއަރު ދޫކޮށްލައި، ޓެނިސް ކުޅެން ޝައުގުވެރިވާކަން ހާމަ ކޮށްފަ އެވެ. އަދި ކުރީގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ގާތުން ޓެނިހުގެ ތަމްރީނުވެސް ނެގި އެވެ.
ޒިދާންގެ ދަރިފުޅު 29 އަހަރުގައި ކުޅުން ހުއްޓާލައިފި
މެސީ ގޯލު ޖެހިއަސް ކުރީގެ ކްލަބަށް ބެކަމްގެ އިހުތިރާމް
ޑޭވިޑް ބެކަމް، ޝާހު އާއި ސޯނަމްގެ ގެއަށް
ރޯމިއޯގެ ކުޅުން ބަލަން ރެކޯޑް އަދަދަކަށް ސަޕޯޓަރުން
މެސީ ގެންދަން ބެކަމްގެ ކްލަބުން މަސައްކަތްކުރަނީ
ބެކަމްގެ އިންސްޓަ އެކައުންޓް ޔުކްރެއިންގެ ޑޮކްޓަރަކަށް
ބެކަމްގެ ދޮށީ ދަރިފުޅަށް މިލިއަން ޕައުންޑްގެ ޑީލެއް
ބެކަމްގެ ޓީމުން މެސީ އާއި ރޮނާލްޑޯ އަށް ޝައުގުވެރިވޭ
މެލޭރިއާއާ ދެކޮޅު ކެމްޕޭނެއްގައި ބެކަމް މުސްކުޅިވެފައި
އިންސްޓަގްރާމްގައި މިލިއަން ފޮލޯވަރުންގެ އާ ރެކޯޑެއް