Roadha Mihaaru
އިންސްޓަގްރާމްގައި މިލިއަން ފޮލޯވަރުންގެ އާ ރެކޯޑެއް

އިންސްޓަގްރާމުގައި އެންމެ އަވަހަށް މިލިއަން ފޮލޯވަރުން ހަމަކުރުމުގެ ރެކޯޑް މުގުރާލައިފި

16 ނޮވެމްބަރ 2020

އިންސްޓަގްރާމް އެކައުންޓެއް ހެދިތާ އެންމެ އަވަހަށް އެއް މިލިއަން ފޮލޯވަރުން ހޯދުމުގެ ރެކޯޑް އޮތް، ތިމާވެށީގެ ތާރީހީ އިލްމުވެރިޔާ ޑޭވިޑް އެޓެންބަރާގެ ރެކޯޑް "ހެރީ ޕޮޓާ" ސީރީޒްތަކުގެ ފިލްމުތަކުން ވިދާލި އެކްޓަރު ރުޕަޓް ގްރިންޓް މުގުރާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމް އެކައުންޓެއް ހެދިތާ އެންމެ އަވަހަށް އެއް މިލިއަން ފޮލޯވަރުން ހޯދުމުގެ ރެކޯޑް އޮތް، ތިމާވެށީގެ ތާރީހީ އިލްމުވެރިޔާ ޑޭވިޑް އެޓެންބަރާގެ ރެކޯޑް "ހެރީ ޕޮޓާ" ސީރީޒްތަކުގެ ފިލްމުތަކުން ވިދާލި އެކްޓަރު ރުޕަޓް ގްރިންޓް މުގުރާލައިފި އެވެ.

އިނގިރޭސިވިލާތަށް އުފަން 32 އަހަރުގެ އެކްޓަރުގެ އަލަތު ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު މިދިޔަ ބުދަ ދުވަހު އިންސްޓަގްރާމާ ގުޅުނު ރުޕަޓް ފޮލޯކުރާ މީހުންގެ އަދަދު މިލިއަނެއް ފަހަނަޅައި ދިޔައީ އެކައުންޓް ހުޅުވިތާ ހަތަރު ގަޑިއިރާއި އެއް މިނިޓް (241 މިިނިޓް) ގެ ތެރޭގަ އެވެ.

"ހެރީ ޕޮޓާ" ގެ ފިލްމުތަކުގައި ރޮން ވީޒްލީގެ ކެރެކްޓާ ކުޅުނު ރުޕަޓް ފޮލޯކުރާ މީހުންގެ އަދަދު މިހާރު 3.2 މިލިއަނަށް އަރަ އެވެ.

ޑޭވިޑް، 94، އިންސްޓަގްރާމާ ގުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ގަ އެވެ. އަދި އޭނާގެ ފޮލޯވަރުންގެ އަދަދު މިލިއަނަކަށް އެރީ އެކައުންޓް ހުޅުވިތާ ހަތަރު ގަޑިއިރާއި 44 މިނިޓް (284 މިނިޓް) ގެ ތެރޭގަ އެވެ. ޑޭވިޑްގެ ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 6.2 މިލިއަނުގަ އެވެ.

އިންސްޓްގަރާމާ ގުޅުނުތާ ކުޑަ ވަގުކޮޅެއްގެ ތެރޭގައި މިލިއަން ފޮލޯވަރުން ހަމަކޮށްގެން ކުރިން ރެކޯޑް ލިބުނު މަޝްހޫރު މީސްމީހުންގެ ތެރޭގައި ސިޓްކޮމް "ފްރެންޑްސް" އިން ވިދައިލި ބަތަލާ ޖެނިފާ އެނިސްޓަނާއި އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމާއި އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމާއި އަނބިކަނބަކުން ކޭޓް މިޑްލްޓަން ހިމެނެ އެވެ.

އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބީ މަޝްހޫރު ފުޓްބޯޅަ ތަރިި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު 242 މިލިއަނަށް އަރަ އެވެ.