25 ސެޕްޓެމްބަރ 2024
ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދޮށީ ދަރިފުޅު، އެންޒޯ ޒިދާން އުމުރުން 29 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދޮށީ ދަރިފުޅު، އެންޒޯ ޒިދާން އުމުރުން 29 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ބައްޕަގެ ފިޔަވަޅު މަތިން ކުރިއަށް ދިއުމުގެ އުއްމީދުގައި އެންޒޯ ވަނީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑްގެ ޔޫތު ޓީމުން ތަމްރީން ވެފަ އެވެ. އޭނާ އަށް 2016 ވަނަ އަހަރު ރެއާލުގެ ސީނިއާ ޓީމުން ވެސް ފުރުސަތު ދިނެވެ. ނަމަވެސް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.
އެއަށް ފަހު ޑިޕޯޓިވޯ އަލަވޭސް އާއި އަލްމެއިރާ ފަދަ ކްލަބްތަކަށް ކުޅުމަށް ފަހު 2022/2023 ސީޒަންގައި ވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަން ކުޅެފަ އެވެ. އެ ސީޒަނުގައި ކުޅުނު 29 މެޗުން ކާމިޔާބު ކުރި އެއް ގޯލަށް ފަހު ކުޅުމާ ދުރުގައި ހުރި އެންޒޯ ވަނީ ރަސްމީކޮށް ކުޅުން ހުއްޓާލިކަން އިއްޔެ ހާމަކޮށްފަ އެވެ.
އެންޒޯގެ ކެރިއަރުގައި އޭނާ އަށް ތިން ގައުމީ ޓީމު ތަމްސީލުކުރުމުގެ ފުރުސަތު އޮތެވެ. އެއީ އޭނާގެ ބައްޕަ ފަރާތު މާމަ އާއި ކާފަ ނިސްބަތްވާ އަލްޖީރިއާ އާއި ބައްޕަގެ އުފަން ގައުމު ކަމަށްވާ ފްރާންސްގެ އިތުރުން އޭނާ ގިނަ ދުވަސްތަކެއް ހޭދަކުރި ސްޕެއިން އެވެ.
ސީނިއާ ގައުމީ ޓީމަށް ކުޅޭ ފެންވަރަށް އޭނާގެ ކެރިއަރުގައި ވާސިލް ނުވެވުނު އިރު، އޭނާ ވަނީ ސްޕެއިންގެ 15 އަހަރުން ދަށުގެ ޓީމާއި ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.
އެންޒޯ ކުޅުން ހުއްޓާލި އިރު، އޭނާގެ ތިން ކޮއްކޮ ކަމަށްވާ ލޫކާ، 26، ތިއޯ، 22، އަދި އިލްޔާޒް، 18، ކުޅެމުން އަންނަނީ ގްރަނާޑާ އާއި ކޯޑޮބާ އަދި ރެއާލް ބެޓިސް އަށެވެ.
ދާދި ފަހުން އިނގިރޭސި ލެޖެންޑް ޑޭވިޑް ބެކަމްގެ ދެވަނަ ދަރިފުޅު، ރޯމިއޯ ބެކަމް ވަނީ އުމުރުން 22 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ. އޭނާ ކުޅުން ހުއްޓާލީ މިދިޔަ ސީޒަންގައި އިންގްލެންޑްގެ ބްރެންޓްފޯޑްގެ ބީ ޓީމަށް ކުޅުމަށް ފަހު އެވެ.
ރޯމިއޯ ކުޅުން ހުއްޓާލުމަށް ފަހު ވަނީ ފްރާންސްގެ މަގުބޫލް ފެޝަން އެޖެންސީއަކާ ގުޅިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެންޒޯ ދެން ފޯކަސްކުރާނީ އޭނާގެ ވިޔަފާރި އަށެވެ. އޭނާ ވަނީ ވަރަށް ގިނަ ވިޔަފާރިއަށް އިންވެސްޓްކޮށްފަ އެވެ.
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ޒިދާން އަލުން ކޯޗުކަމަށް އެނބުރި އަންނަނީ
މެސީ ގޯލު ޖެހިއަސް ކުރީގެ ކްލަބަށް ބެކަމްގެ އިހުތިރާމް
ޑޭވިޑް ބެކަމް، ޝާހު އާއި ސޯނަމްގެ ގެއަށް
ރޯމިއޯގެ ކުޅުން ބަލަން ރެކޯޑް އަދަދަކަށް ސަޕޯޓަރުން
ފްރާންސް އެފްއޭގެ ރައީސް މަސްއޫލިއްޔަތާ ދުރަށް
ބެކަމްގެ ދަރިފުޅު ރޯމިއޯ ބްރެންޓްފޯޑަށް
ބްރެޒިލުން ޝައުގުވެރިވިޔަސް ޒިދާން އިސްކުރަނީ ފްރާންސް
ވޯލްޑް ކަޕެއްގައި އެންމެ މޮޅަށް ކުޅުނީ ކާކު؟
މެސީ ގެންދަން ބެކަމްގެ ކްލަބުން މަސައްކަތްކުރަނީ