Roadha Mihaaru
ރައީސްގެ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ

ރައީސްގެ ފުރަތަމަ ކެމްޕޭން ޖަލްސާ މިރޭ

04 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާ، އާޓީފިޝަލް ބީޗް ކުރިމަތީގައިހުނަން ޕާޓީގެ މައި ހަރުގޭގައި މިރޭ 9:00 ގައި އޮންނާނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސްގެ ޝިއާރަކީ އެމްޑީޕީ "ކުރިއަށް" އެވެ.

ރައީސްގެ ކެމްޕެއިން ޖަލްސާތައް އާންމުކޮށް ބާއްވަމުން އަންނަނީ އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުންނަ ދަނޑިކޮށި ޖަގަހައިގަ އެވެ.

ރައީސް ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާ ބާއްވަން ނިންމިއިރު، ކެމްޕެއިން ހަރަކާތްތަކުން ކެންޑިޑޭޓު ނުފެންނަ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެއް ބައެއްގެ ފާޑުކިޔުން އަމާޒުވީ އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކުގައި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކަނި ބައިވެރިވެވަޑައިގަންނަވާތީ އެވެ.

އެ މަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފޯރީގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މާލޭގައި ޑޯޓުޑޯ ކެމްޕެއިންތަކާއި އެކި ސަރަހައްދުތަކުގައި ނަޝީދުގެ ކެމްޕެއިން ޖަލްސާތައް އަންނަނީ ބާއްވަމުންނެވެ.