08 ޖޫން 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ފުރަތަމަ ފަހަރަށް އިއުލާންކުރެއްވުމާ އެކު, މިއީ އަމިއްލަ އެދުން އިސްކުރަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރައްދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ފުރަތަމަ ފަހަރަށް އިއުލާންކުރެއްވުމާ އެކު, މިއީ އަމިއްލަ އެދުން އިސްކުރަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ރައްދު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިޔާލުތަފާތުވުން އުފެދި ގުޅުން ގޯސްވެފައި އޮތްތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. މި ކޯޅުމުގެ މެދުތެރެއިން، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ހިނގަނިކޮށް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް ރައީސް ކުރިމަތިލައްވާނެ ކަމަކަށް ލަފާ ނުކުރެއްވޭ ކަމަށެވެ.
އެކަމަކު އެމްޑީޕީން އެދޭ ނަމަ ދެ ވަނަ ދައުރަކަށް ވާދަކުރައްވަން ތައްޔާރު ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި އެވެ. މިއީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ނަޝީދާ އެކު ވޯޓަކަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަން ރައީސް އިއުލާންކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ދެ ވަނަ ދައުރެއް އޮތީ އެމަނިކުފާނާ އެކުގަ އެވެ. ކޯލިޝަނަކުން ވާދަކޮށްގެން ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު މިކަމާ ގުޅިގެން ސުވާލުކުރައްވާތީ ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތަކީ އަމިއްލަ އުއްމީދު އިސްކުރަންވީ ވަގުތެއް ނޫން ކަމަށެވެ. މިއީ ގައުމުގެ އިގްތިސާދީ ހާލަތު ހަމައަކަށް އަޅުވަންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތްތަކާ މެދު ވިސްނާ މަގަށް އަޅުވާންވީ ވަގުތު," ނަޝީދު ވިދާޅުވި އެވެ.
ރައީސްގެ ޕްރެސް ކޮންފަރެންސްގައި މިއަދު މައިގަނޑު ވާހަކައަކަށް ދެއްކެވީ އިގްތިސާދު ހަމައަކަށް އަޅުވަން ގެންގުޅުއްވާ ވިސްނުންފުޅެވެ. އިގްތިސާދާ ގުޅުވައި ސިޔާސީ ވާހަކަތައް ބައެއް ބޭފުޅުން ދެއްކެވިއަސް މިސްރާބު ރަނގަޅު ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ރައީސް ވިދާޅުވީ ޔޫސަބްލް ރިޒާވްގައި ރަނގަޅު އަދަދަކަށް ފައިސާ އެބަހުރި ކަމަށާއި ތެލާއި ކާޑާއި ބޭސް ފަދަ ތަކެތި ގަތުމަށް މި އަހަރު ނިމެންދެން ވެސް ދަތިކަމެއް ނެތި ހޭދަކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު ރައީސް ވިދާޅުވި ގޮތުގައި މި ވަގުތު މުޅި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ބަދަލުން ތަކެތީގެ އަގު ބޮޑުވާނެ އެވެ.
ދެ ރައީސުންގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވީ ބަރުލަމާނީ ނިޒާމުގެ ކޯޅުންތަކާ ހިސާބުންނެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ހިންގުން ބަރުލަމާނީއަށް ބަދަލުކުރުމަށެވެ. އެކަމަކު ރައީސް ބޭނުންފުޅު ވަނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި 2023 އަށް ކޯލިޝަނަކާ އެކު ވާދަކުރެއްވުމަށެވެ.
އެކަމަކު، ކޯލިޝަނަކާ އެކު ވާދަކޮށް އެމްޑީޕީ އާއި ރައްޔިތުންނަށް އޮތީ ގެއްލުން ކަމަށް ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
ވަގު ހަދައިގެން ރައީސަށް މޮޅެއް ނުވެވޭނެ: ނަޝީދު
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
މަސައްކަތް ކުރެވިއްޖެ، ބޮޑު ކާމިޔާބީއެއް ލިބޭނެ:ރައީސް
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
"އަސާސީ ހިދުމަތް ފުރިހަމަވެ ހުށަހެޅުން ބަދަލުވެއްޖެ"
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ