Roadha Mihaaru
ބޮލާއި ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކާމިޔާބުކޮށްފި

ޓްރީ ޓޮޕްއިން ފުރަތަމަ ފަހަރަށް ބޮލާއި ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކޮށްފި

03 ޖެނުއަރީ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ބޮލާ ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ބޮލާ ކަރުގެ ކެންސަރާ ގުޅޭ ސާޖަރީއެއް ކޮށްފި އެވެ.

އެ ސާޖަރީ އަކީ ކާމިޔާބު ސާޖަރީއެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ 'މޮޑިފައިޑް ރެޑިކަލް ނެކް ޑައިސެކްޝަން' އެވެ. އެ ސާޖަރީ އަކީ އާއްމުކޮށް ކުރާ 'ރެޑިކަލް ނެކް ޑައިސެކްޝަން' ހެދުމުގެ ތެރޭގައި ގެއްލިގެންދާ ލޭނާރުތައް ފަދަ ތަންތަން 'މޮޑިފައިޑް ރެޑިކަލް ނެކް ޑައިސެކްޝަން'ގެ ސާޖަރީ ތެރޭގައި ނައްތާނުލާ ރައްކާތެރިކަަމާ އެކު ބެހެއްޓުމަށް ކުރާ ސާޖަރީއެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕްއިން ބުނި ގޮތުގައި އެ ސާޖަރީ އަކީ އާންމުކޮށް ކަރުގެ ޑައިސެކްޝަން ނުވަތަ ކަރުގެ ޓިޝޫތައް ވަކިކުރުމަށް ކުރާ ސާޖަރީ އެކެވެ. އެ ސާޖަރީއިން ކަރުގެ ލިމްފް ނޯޑްސް އަށް ފެތުރިފައިވާ ކެންސަރު ނައްތާލެވޭނެ ކަމަށް ވެސް ބުންޏެވެ. ލިމްފް ނޯޑްސް އަކީ މުޅި ހަށިގަނޑުގައި އެކި ހިސާބުތަކަށް ފެތުރިފައި ހުންނަ ތޮޅީގެ އޮށުގެ ބައްޓަމަށް ހުންނަ ކުދި މުހިންމު ގްލޭންޑްތަކެކެވެ.

ލިމްފް ނޯޑަށް ކެންސަރު ޖެހިއްޖެ ނަމަ ހަށިގަނޑުގެ އިތުރު ހިސާބުތަކުގައި ކެންސަރު ސެލްތައް އުފެދި އިތުރަށް ގޯސްވެ ނުރައްކާ ބޮޑުވެ އެވެ. އަދި ކެންސަރުގެ އަސަރު ހުރި މިފަދަ ލިމްޕް ނޯޑާއި އެ ހިސާބުގައިވާ ޓިޝޫތަކުގެ ސަބަބަބުން ހަށިގަނޑުގެ އެހެން ދިމާލަކަށް ކެންސަރު ފެތުރުމަށް މަގުފަހިވެ އެވެ.

އެ ހޮސްޕިޓަލުން ކުރި 'މޮޑިފައިޑް ރެޑިކަލް ނެކް ޑައިސެކްޝަން'ގައި ޓިޝޫ ނަގާ މިންވަރު ބިނާވެފައި ވަނީ ކެންސަރުގެ ބާވަތާއި އަދި ކެންސަރު ހުރި މަރުހަލާ އާއި ބަލިމީހާގެ އުމުރު އަދި ހާލަތް ފަދަ އެހެނިހެން ގިނަ ކަންކަމަށް ބެލުމަށް ފަހު އެވެ.

ޓްރީ ޓޮޕުން ކުރި އެ ސާޖަރީގައި އިސްކޮށް އުޅުއްވީ ކަރުން މަތީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑރ. ރާޖޭޝް ވަލާންދް އެވެ. އަދި ޑޮކްޓަރަށް އެހީތެރިވެފައި ވަނީ ކޮންސަލްޓަންޓް ޑރ. ޗަންދުރަޝޭކާ ރަވާލް އާއި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެވެ.

ޑރ. ރަޖޭޝް ވާލަންދެ ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް އަކީ ބޮލާއި ކަރުގެ ކެންސަރު ބަލި، ޕަރޮޓިޑެކްޓޮމީ، ތައިރޮއިޑެކްޓޮމީ، ގުގުރި ދެމުމާއި ސްލީޕް އެޕްނިއާ، އަދި ޕިނާ ރީކޮންސްޓްރަކްޝަން އަށް ހާއްސަ ކޮންސަލްޓަންޓެކެވެ.

ޑރ. ރަޖޭޝް އެމް.ބީ.ބީ.އެސް އާއި މާސްޓާސް އޮފް ސާޖަރީ އީއެންޓީ ހާސިލްކޮށްފައި ވަނީ މުމްބައި، އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީއިންނެވެ. އަދި ޑރ. ރަޖޭޝް ވަނީ ކަރުން މަތީ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ގޮތުގައި ބީ އެސް.އީ.އެސް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.

ސާޖަރީ އާ ގުޅޭގޮތުން ޑރ. ރަޖޭޝް ވިދާޅުވީ އެ ސާޖަރީއަކީ ބަލިމީހާގެ ކަރުގައި އުފެދިފައިވާ ޓިއުމަރަކާ އެކު އެ ހިސާބުގައި ހުރި ގުޅިފައިވާ ލިމްފް ނޯޑްސް އާއި ފައިބްރޮއިޑް ފެޓީ ޓިޝޫ ނައްތާލުމަށް ކުރި އުނދަގޫ އޮޕަރޭޝަނެއް ކަމަށެވެ.

އެ ސާޖަރީ ކުރި ޕޭޝަންޓް އިބްރާހިމް އަނީސް ބުނި ގޮތުގައި އޭނާ އެ ހޮސްޕިޓަލު ހިޔާރު ކުރީ ޑރ. ރަޖޭޝް އަށް ކުރާ އިތުބާރާއި ޑޮކްޓަރުގެ ތަޖުރިބާގެ ސަބަބުންނެވެ. އަދި އުމުރުން ދުވަސްވެފައި ވާއިރު އާއިލާ ކައިރީގައި ހުރެ އެފަދަ ބޮޑު ސާޖަރީއެއް ކުރުމަށް ބޭނުންވާތީ ކަމަށް ވެސް ބުންޏެވެ.

ޓްރީ ޓޮޕްއިން އެ ސާޖަރީ ކުރި ޕޭޝަންޓަކީ 71 އަހަރުގެ ފިރިހެނެކެވެ. މިއީ ޓްރީޓޮޕްގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.