Roadha Mihaaru
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ނަން ނޯޓުކުރަން ފަށައިފި

ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަށް ނަން ނޯޓުކުރަން ފަށައިފި

05 ޑިސެމްބަރ 2023

ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވަމުން އަންނަ ހިތާނީ ކޭމްޕު ފެށުމަށް ނަން ނޯޓުކުރަން ހުޅުވާލައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވަމުން އަންނަ ހިތާނީ ކޭމްޕު ފެށުމަށް ނަން ނޯޓުކުރަން ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕަކީ އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން އެންމެ ފަހު ފޮލޯ-އަޕް އާއި ހަމައަށް ހިތާނުކުރުމާ ގުޅޭ ހުރިހާ ކަމެއް ފުރިހަމައަށް ގެންގޮސްދީ، އެ ކަމަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ކޭމްޕެކެވެ.

މި ކޭމްޕަށް ހާއްސަކޮށްފައިވާ ޕެކޭޖުގެ އަގަކީ 5،000ރ. އެވެ. އަދި މި ޕެކޭޖުގައި ޕްރައިވެޓް ކޮޓަރިއަށް އަޕްގްރޭޑުކުރުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕުގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ އެވެ.

ހިތާނީ ކޭމްޕަށް 3351610 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ އެވެ.